ads
އިލްމުވެރިންގެ ގުޅުމުން ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން-- ފޮޓޯ: އަވަސް
ކްރިސްމަސް ފާހަގަނުކުރަން އިލްމުވެރިންގެ ގުޅުމުން ގޮވާލައިފި
ނަޞާރާއިންގެ ކްރިސްމަސް ފާހަގަ ކުރުމާއި ޣައިރު ދީންތަކުގެ އެނޫން ބާޠިލު މުނާސަބަތުތައް ފާހަގަކުރާ އެއްވެސް ދުވަހެއްގެ އެއްވެސް ކަމެއްގައި ބައިވެރި ނުވުމަށް އިލްމުވެރިންގެ ގުޅުމުން ގޮވާލައިފި އެވެ.

ރާއްޖޭގެ ރިސޯޓުތަކުގައި ވެސް ކްރިސްމަސް ފާހަގަކުރުމުގެ ކަންކަން ކުރިއަށްދާ ދަނޑިވަޅެއްގައި އިލްމުވެރިންގެ ގުޅުމުން މިވަނީ ﷲ ތައާލާއަށް ޝިރުކު ކުރުން ހިމެނޭ ކަންކަމާ ގުޅުވައިގެން އެއްވެސް ފަރާތަކަށް ތަހުނިޔާ ނުކިޔުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ.

އެ ޖަމިއްޔާ އިން ވަނީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށް މާތް ﷲ ގަންދީ ހުވާކޮށް އެހުވާގެ މަތީގައި ދައުލަތް ހިންގެވުމާއި ދައުލަތުގެ އެކިއެކި މަގާމުތަކާ ހަވާލުވެގެން ތިއްބެވި އަދި އެމަތިވެރި ޒިންމާ އެބަޔަކާ މަތިކުރެވިގެންވާ ފަރާތްތަކާއި ސަލާމަތީ ބާރުތަކާ ޙައިސިއްޔަތު ލިބިގެންވާ މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނަކީ އެކަންކަން އަމަލީގޮތުން ހުއްޓުވުމުގެ ބާރުލިބިގެންވާ ފަރާތްތައް ކަމަށްވާއިރު އެކަންކަން އަމަލީގޮތުން ހުއްޓުވުމުގެ ޒިންމާ ފުރިހަމައަށް ނެގުމަށް ވެސް ގޮވާލާފަ އެވެ. 

އަދި އެފަދަ ކަންކަން ދިވެހި މުޖުތަމަޢުގައި ހިންގިޔަ ނުދިނުމަށްޓަކައި ދުރާލާ ފިޔަވަޅުތައް އެޅުމަށާއި، އެފަދަކަމެއް ހިނގަމުން ދާނަމަ ޝަރުއީ އަދި ގާނޫނީ އިމުގެ ތެރެއިން މަސްއޫލުވެރި ފަރާތްތަކަށް ލިބިދީފައިވާ ޝަރުއީ އަދި ގާނޫނީ ބާރުގެ ބޭނުންކޮށް، އެކަން މަނާކުރުމަށް ވެސް އިލްތިމާސްކުރެ އެވެ. އަދި މީސްތަކުންނަށް އެކަމުގެ ނުބައިކަން އަންގައިދީ މައުލޫމާތު ހިއްސާ ކުރަމުން ގެންދިއުމަށް ހުރިހާ ފަރުދުންނަށާއި މުއައްސަސާތަކަށް އިލްތިމާސްކުރާ ކަމަށް ވެސް ބުނެ އެވެ.

"އަދި އެފަދަ މުންކަރާތްތައް ހިނގަމުން ދާއިރު، އެކަން އެނގިތިބެ އެކަންކަން ވަންހަނާ ކުރުމަކީ އެންމެ އާދައިގެ ރައްޔިތުންގެ ޙައިސިއްޔަތުން ވިސްނާލަންޖެހޭނެ ކަމެކެވެ. އެހެނީ، އެއީ އެފަދަ ކަންކަން ޢާންމުވެ މި ބިމުގައި އެކަންކަން މޫލުމަށް ދެވޭ ފުރުޞަތަކަށްވުމުގެ ސަބަބުން ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީ ވާންޖެހޭނެކަން ހަނދުމަބަހައްޓަން ޖެހެއެވެ،" ބަޔާނުގައި ބުނެ އެވެ.

އޭގެ އިތުރުން ބަޔާނުގައި ބުނީ މާތްﷲ އިންސާނުން މިދުނިޔޭގައި ލައްވާފައިވަނީ އެކަލާނގެ އެއްކައުވަންތަކޮށް އަޅުކަން ކުރުމަށް ކަމަށާއި އެގޮތުން ދުނިޔޭގެ ޙަޔާތް ނިމިގެން ދާއިރު އެ އިލާހުގެ ރުހިވޮޑިގަތުން ލިބިގެންވާ އަޅެއްގެ ގޮތުގައި އެ އިލާހުގެ ހަޒްރަތަށް އެނބުރި ދިއުމަށް ގަދައަޅައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. 

ބަޔާނުގައި ބުނީ ﷲ ތަޢާލާއާއި އެހެން ފަރާތްތައް އެއްފަދަ ކުރުމާއި، އެއިލާހަށް ކުއްތަންވުމުގައާއި އަޅުކަން ކުރުމުގައި އެހެން ފަރާތްތައް ބައިވެރިކުރުމާއި، އެއިލާހުގެ އަމުރުފުޅުތަކާއި އަދި ކަނޑައަޅުއްވާފައިވާ އުސޫލުތަކުގެ މައްޗަށް އެހެން ފަރާތްތަކުގެ ބަހާއި ގޮތްތައް އިސްކުރުމަކީ ﷲ ތައާލާ އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ އަދި އެންމެ އަނިޔާވެރިކަން ބޮޑުވެގެންވާ ޖަރީމާ ކަމަށެވެ. 

އެހެންކަމުން، މާތް ﷲ އަށް ޝިރުކު ކުރުމުގެ ޖަރީމާ ހިންގޭ ކަންކަމުގައި ބައިވެރިވުމާއި އެކަންކަމަށް ހިތްވަރުދީ އެކަންކަމުގެ ދިފާއުގައި ވާހަކަ ދެއްކުމާއި މަގު ގެއްލިފައިވާ ފަރާތްތަކުން ފާހަގަކުރާ، ޝިރުކުގެ އަމަލުތައް ހިމެނިގެންވާފަދަ މުނާސަބަތުތަކަށް ހިތްވަރުދީ، އެއްބަޔަކު އަނެއްބަޔަކަށް ތަހުނިޔާ ރައްދު ކުރުންފަދަ ކަންކަމަކީ، އެކަމުގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑު، އަދި ނޭނގި ނަމަވެސް ޝިރުކުގެ ނުބައި ފާފައިގެ ތެރެއަށް ވަދެގެންދާނެ އަމަލުތަކެއް ކަމަށެވެ.

"އެހެންކަމުން ﷲ ތަޢާލާ އަޅުގަނޑުމެންނަށް މިންވަރު ކުރައްވާފައިވާ ރިޒުޤު ހޯދުމަށް އިޚްތިޔާރުކުރާ މަގަކީ، އެކަލާނގެ ނަހީކުރައްވާފައިވާ ކަންކަމުން ރައްކާތެރިވެފައިވާ، އަދި އެކަލާނގެ ރުހިވޮޑިގަންނަވާ ފަދަ މަގެއްކަމުގައި މަގެއް ކަމުގައި ހަދަން ޖެހެއެވެ،"
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް