ads
ޗާގޯސް ޖަޒީރާ ފެންނަ ފޮޓޯ ފޮޓޯއެއް:
ގެއްލުނު ކަނޑުގެ މައްސަލާގައި އުފެއްދި ކޮމިޝަނަށް ބަދަލެއް
ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދުން މޮރިޝަސްއާ ފުށުއަރާ ކަމަށް ބުނާ އިން ވަކިކުރުމުގެ މައްސަލައިގައި ވޭތުވެދިޔަ އެމްޑީޕީގެ ސަރުކާރުން އަމަލުކުރި ގޮތް ތަހުގީގުކުރުމަށް އުފެއްދި ޚާއްސަ ރިޔާސީ ކޮމިޝަންގެ ރައީސް ހިމެނޭހެން، އެ ކޮމިޝަނުގެ މެންބަރުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބަދަލުތަކެއް ގެންނަވައިފި އެވެ.
Advertisement

ރައީސް މުއިއްޒު މިއަދު ނެރުއްވި ގަރާރުގައިވާ ގޮތުން އެ ކޮމިޝަނުގެ ރައީސަކަށް ކަނޑައެޅުއްވި އަހުމަދު ޝާކިރާއި ކޮމިޝަނުގެ މެންބަރަކަށް ކަނޑައެޅުއްވި އަބްދުލްއަޒީޒު ޔޫސުފް މިހާރު ވަނީ ކޮމިޝަނުން ވަކިކޮށްފަ އެވެ.

އޭގެ ބަދަލުގައި ކޮމިޝަނަށް އިތުރު ދެ މެންބަރަކު އައްޔަންކޮށް، ކޮމިޝަނުގެ ރައީސްގެ ގޮތގައި ޑރ. އަބްދުލްމުހުސިން މުހައްމަދު ވަނީ ހަމަޖައްސަވައިފަ އެވެ.

ކޮމިޝަނަށް އައްޔަންކުރި އާ ދެ މެންބަރުންނަކީ ކެޕްޓަން އަހުމަދު ޒުބައިރު އާއި އާއިޝަތު ފަޒުނާ އަހުމަދު އެވެ.

މި ބަދަލާ އެކު މިހާރު ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ؛

– ޑރ. އަބްދުލް މުހުސިން މުހައްމަދު (ރައީސް)
– ޑރ. އާމިނަތު ޝާފިޔާ އާދަމް
– ރިޓަޔާޑް ޑެޕިޔުޓީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ސޯދިގު
– އަހުމަދު އަލީ މަނިކު
– ފާތިމަތު މިންހަތު އިއްޒަތު
– އައިޝަތު ފަޒްނާ އަހްމަދު
– ކެޕްޓަން އަހުމަދު ޒުބެއިރު

ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލަ ދިރާސާކުރި ބައިނަލްއަގުވާމީ މާހިރުންގެ ޓީމުން އެކުލަވައިލި ރިޕޯޓުގައި ފާހަގަކޮށްފައިވަނީ، އިޓްލޮސްގައި މައްސަލަ ހިނގަމުން ދިޔައިރު އޭރުގެ ސަރުކާރުން އަމަލުކުރި ގޮތުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލި، މަސްވެރިކަމަށާއި ގުދުރަތީ ވަސީލަތްތަކަށް އިއާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ.

އެހެންކަމުން، މި މައްސަލައިގައި ދައުލަތުގެ މުވައްޒަފުންނާއި މުޝީރުން އަދި ކަމާބެހޭ އިސްވެރިންގެ ފަރާތުން ގާނޫނީ އިހުމާލެއް ވެފައިވޭތޯ ބެލުމާއި، ޒިންމާވާންޖެހޭ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް ލަފާދިނުން މި ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެ އެވެ.

ރައީސްގެ ގަރާރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ކޮމިޝަނަކީ އެ ކޮމިޝަނާ މަތިކޮށްފައިވާ މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސް ކަނޑައަޅުއްވަންދެން ދެމިއޮންނާނެ ކޮމިޝަނެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް