ads
އިނގިރޭސި ވިލާތުގައި ކޮރޯނާ ބަލި މީހަކު ހޮސްޕިޓަލަށް ގެންދަނީ:-
ކޮރޯނާގެ ތިން ވަނަ ވޭރިއަންޓެއް ވެސް އިނގިރޭސިވިލާތުން ފެނިއްޖެ
ސައުތު އެފްރިކާއިން އިނގިރޭސިވިލާތަށް ދަތުރު ކުރި ދެ މީހެއްގެ ގައިން ނޮވެލް ކޮރޯނާ ވައިރަހުގެ އިތުރު ވޭރިއަންޓެއް ފެނިއްޖެ ކަމަށް އެ ގައުމުގެ ހެލްތު ސެކެޓްރީ މެޓް ހެންކޮކް ވިދާޅުވެއްޖެއެވެ.

ޗެނަލް ނިއުސް އޭޝިއާގައި ބުނެފައިވަނީ ސައުތު އެފްރިކާއިން އިނގިރޭސި ވިލާތަށް ދަތުރުކުރި ދެމީހެއްގެ ގައިން ފެނުނު ކޮވިޑްގެ މި ވޭރިއަންޓަކީ ސައުތު އެފްރިކާއިން ފެނިފައިވާ ކޮވިޑް 19 ޖައްސާ ނޮވެލް ކޮރޯނާ ވައިރަހުގެ "އިންފެކްޝަސް" ވޭރިއަންޓެއް ކަމަށެވެ.

އިިނގިރޭސިވިލާތުން ފެނުނު މި ދެ ކޭސްއަކީ ވެސް ފާއިތުވި ހަފްތާތެރޭ ސައުތު އެފްރިކާއަށް ދަތުރު ކުރި ދެމީހުން ކަމަށް ހެންކޮކް ވިދާޅުވިއެވެ. ހެންކޮކް ވިދާޅުވީ މި އާ ވޭރިއަންޓަކީ އެ ގައުމުން ފެނުނު ކޮރޯނާގެ ސްޓްރެއިނަށް ވުރެ މާ އަވަހަށް ފެތުރޭ ވޭރިއަންޓަކަށް ވުމުން ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ. އަދި ޕޮޒިޓިވްވި ދެމީހުނާއި ކޮންޓެކްޓު ވި ކަމަށް ބެލެވޭ މީހުންވެސް ކަރަންޓީނުވާން ޖެހޭ ކަމަށް ހެންކޮކް ވިދާޅުވިއެވެ.

ހެންކޮކް ވިދާޅުވީ ސައުތް އެފްރިކާއާއި އިނގިރޭސި ވިލާތާ ދެމެދު ކުރެވޭ ދަތުރުތައް ވެސް ހުއްޓާލުމަށް އަންގާފައިވާ ކަމަށެވެ.

ކޮވިޑްގެ އާ ސްޓެރިނާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އެ ގައުމުގެ ސައިންސުވެރިން މަސައްކަތް ކުރަމުން އަންނައިރު، ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އެ ގައުމުގެ ސަރުކާރުން އަންނަނީ އެކި ފިޔަވަޅުތައް އަޅަމުންނެވެ. 

އިނގިރޭސިވިލާތުގެ އިތުރުން ސައުތު އެފްރިކާއިންވެސް ކޮރޯނާ ވައިރަހުގެ އާ ވައްތަރެއް ފެނުމާއި ގުޅިގެން ގިނަ ގައުމުތަކަކުން ވަނީ އެ ސަރަހައްދުތަކަށް ދަތުރު ކުރުން ވަގުތީ ގޮތުން ހުއްޓާލާފައެވެ.

11%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
44%
ވަރަށް ސަލާމް
ކޮމެންޓްސް