ads
ކޮވިޑް ކޮންޓްރޯލް ކުރެވިފައިވާ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ޓައިވާން
އަށް މަހަށް ފަހު ޓައިވާން ރައްޔިތަކަށް ކޮވިޑް ޖެހިއްޖެ
އަށް މަހަށްފަހު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ޓައިވާނުން ފެނި، ޓައިވާނުން ބާއްވާ އާ އަހަރު ފާހަގަކުރުމުގެ ހަރަކާތެއް ކެންސަލްކޮށްފި އެވެ.

ޓައިވާނުން އިއްޔެ ކޮވިޑް-19 ޖެހުނު މީހަކު ފެނިފައިވާ އިރު، މިއީ އަށް މަސްދުވަހަށް ފަހު އެގައުމުގެ މީހަކަށް ކޮވިޑް ޖެހިގެން ރިޕޯޓް ކުރި ފުރަތަމަ ދުވަހެވެ.

އާންމުކޮށް ކޮންމެ އަހަރަކު ޓައިވާނުން އެގައުމުގައި އާ އަހަރު ފާހަގަކުރުމަށްޓަކައި ކޮންމެ އަހަރަކު ހަރަކާތްތައް ހިންގަމުން އަންނަ އިރު، އެގައުމުގެ ފުލޯން ސަރަހައްދުގައި ބާއްވަން އޮތް ހަރަކާތެއް ވަނީ ކެންސަލްކޮށްފައެވެ.

އާ އަހަރާއި ގުޅުވައިގެން ޓައިވާނުގައި ބާއްވަން އޮތް އިތުރު ހަރަކާތްތަކުގެ ތެރޭގައި ހަވާ އެރުވުން ހިމެނޭއިރު، އެ ހަރަކާތް ކުރިއަށް ގެންދަން ހަމަޖެހިފައިވީ ނަމަވެސް، އެ މަންޒަރު ބަލަން އަންނަ ފަރާތްތަކަށް މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފައެވެ.

23.8 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޓައިވާނުން މިހާތަނަށް ކޮވިޑް-19 ޖެހިފައިވަނީ 770 މީހުން ކަމަށްވާ އިރު، އެ ބަލީގައި އެގައުމުން މަރުވެފައިވަނީ ހަތް މީހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް