ފިނޭންސް މިނިސްޓްރީ--
މިއަހަރު ދައުލަތަށް ހިލޭ އެހީގޮތުގައި 905.2 މިލިޔަން ރުފިޔާ
Share
މި އަހަރުގެ މިހާތަނަށް ދައުލަތަށް ހިލޭ އެހީގެ ގޮތުގައި 905.2 މިލިއަން ރުފިޔާ ލިބިއްޖެ ކަމަށް ފިނޭންސް މިނިސްޓްރީން ނެރޭ ހަފުތާގެ މާލީ ރިޕޯޓްގައި ބުނެފައިވެއެވެ.
Advertisement

މި ރިޕޯޓްގައިވާގޮތުން ދައުލަތުން ހިލޭ އެހީ ހޯދުމަށް މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ހިލޭ އެހީގެ ގޮތުގައި 905.2 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތު އައިއިރު ރާއްޖެ އަށް ހިލޭ އެހީގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ވަނީ ހޯދާފައެވެ.

ހިލޭ އެހީ އިތުރުވީއިރު މި އަހަރުގެ މިހާތަނަށް ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ ހިލޭ އެހީއާއެކު 13.6 ބިލިއަން ރުފިޔާކަމަށް ފިނޭންސް މިނިސްޓްރީން ނެރިފައިވާ މާލީ ރިޕޯޓްއިން ދައްކައެވެ.

ނަމަވެސް މި އަހަރުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ހިމަނާފައިވަނީ 5.2 ބިލިއަން ރުފިޔާ ކަމަށްވާއިރު މި އަދަދަށް ވުރެ ބޮޑަށް ހިލޭ އެހީ ވަނީ ލިބިފައެވެ.

ކޮވިޑް 19 ގެ ހާލަތާ ގުޅިގެން ދައުލަތުގެ އާމްދަނީ ދަށްވެފައިވާތީ ހިލޭ އެހީ ހޯދުމަށް ފޮރިން މިނިސްޓްރީ އިސްވެ އޮވެގެން ގިނަ މަސައްކަތްތަކެއް ކުރި އެވެ. މިހާތަނަށް ކުރި މަސައްކަތުން ހިލޭ އެހީގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ވަނީ ހޯދާފަ އެވެ. މިހާތަނަށް ދުނިޔޭގެ މާލީ އިދާރާ ތަކުން ވެސް ހިލޭ އެހީގެ ގޮތުގައި ފައިސާ ދީފައިވެ އެވެ. މީގެ އިތުރުން އެކުވެރި ގައުމުތަކުން ވެސް ދީފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް