ބައެއް މީހުންނަށް ވަރި ކުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އަނެއްބައި މީހުންނަށް ވަރިކުރުމަކީ ބޮޑު ހަރަދަކަށް ވެއެވެ.
އެގޮތުން ދުނިޔެއިން ފާހަގަ ކޮށްލެވޭ އަގުބޮޑު 5 ވަރިޔަކަށް ބަލާލާނަމެވެ.
ރުބާޓް މާރްޑޯކް
ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ފާހަގަ ކޮށްލެވޭ ފަރާތެއް ކަމަށްވާ ރުބާޓް މާރްޑޯކް ކައިވެނި ރޫޅިގެން ދިއުން ފާހަގަކޮށްލެވެއެވެ. 1998 ގައި ރުބާޓް އޭނާ ގެ އަބިމީހާ ވަރި ކުރަން ނިންމުމުން ފުރަތަމަ ކަންތައްތައް ދިޔައީ ވަރަށް އޮމާން ކޮށެވެ.
ނަމަވެސް ރުބާޓްގެ ކުންފުނި ކަމަށްވާ ނިއުސް ކްރޮޕް މީޑިޔާ އެމްޕަޔާ ގެ ބޯޑް ޑައިރަކްޓާސްގެ ތެރެއިން އޭނާގެ އަންހެނުން ބޭރުކޮށްލަން ނިންމުމާ ގުޅިގެން މައްސަލަ ހޫނުވެގެން ދިޔައެވެ.
އެތައް ކޯޅުން ތަކަކަށް ފަހު 1999 ގައި އާނާ މާރްޑޯކް ކައިވެނި ނިންމާލަން އެއްބަސްވީ ރުބާޓްގެ ގެ މުދަލުގެ 1.7 ބިލިއެން ޑޮލަރުގެ އަގުހުރި އެއްޗިހި އޭނާއަށް މިލްކުވެރި ކޮށްދިނުމުންނެވެ. ކައިވެނި ނިމުނުތާ 17 ދުވަސް ތެރޭގައި ރުބާޓް ވަނީ އެހެން ކައިވެންޏެއް ކޮށްފައެވެ.
އަދްނާން އަދި ސޮރާޔާ
އަދްނާން އަދި ސޮރާޔާގެ ކައިވެނި ނިމިގެން ދިޔަގޮތުގެ ވާހަކަ އަކީވެސް މީހުންގެ ތެރޭގައި ދެކެވޭވާހަކަ އެކެވެ.
އެގޮތުން އަދްނާން އަކީ ފެޝަންގެ ދާއިރާއިން ވަރަށް ކުރިއަރައި މަޝްހޫރުވެފައިވާ ފަރާތެކެވެ. ސައުދީގެ ޝާހީ އާއިލާއަށް ނިސްބަތްވާ އަދްނާން އަކީ ސަރުކާރަށް ހަތިޔާރު ވިއްކުމުގަޔާއި އެކި މެނިންސްޓީމް ވިޔަފާރިތައް ފުޅާދާއިރާއެއްގައި ކުރާ މުއްސަނދި ބޭފުޅެކެވެ.
ސޮރާޔާގެ އަދި އަދުނާންގެ ކައިވެނި ނިމިގެން ދިޔައިރު އޭނާގެ މުއްސަނދިކަމުގެ ބޮޑުބައެއް ސޮރާޔާ ވަނީ އަތުލާފައެވެ. އެގޮތުން ވަރީގެ އެއްބަސްވުމުގައި ސޮރާޔާ ސޮއި ކުރީ އޭނާއަށް ގާތްގަނޑަކަށް 874 މިލިޔަން ޑޮލަރު އަދްނާނުގެ މުދަލުން ދިނުމުންނެވެ.
ކެނީ ރޮޖާސް
ކުރީގެ މަޝްހޫރު ލަވަކިތުންތެރިޔެއްކަމަށްވާ ކެނީ ރޮޖާސް އަކީ 1970 އިން 1980 ގެ އަހަރުތަކުގައި ވަރަށް ގިނަބައެއްގެ ތެރޭގައި މަގުބޫލުވި ފަރާތެކެވެ. ނަމަވެސް މިޔުޒިކްގެ ދާއިރާއިން އެއްކިބާވެ އޭނާ ދެން ފެށީ ރެސްޓޯރެންޓާއި ބިލްޑިންގް ތަކެއް ހުޅުވުމުގެ މަސައްކަތެވެ.
މި މަސައްކަތުން އޭނާއަށް 250 މިލިޔަން ޑޮލަރުގެ މުއްސަނދިކަމެއް ލިބުނެވެ. ނަމަވެސް އޭނާގެ އޭރުގެ އަންހެނުންނާއި ވަރިވިއިރު އެ މުއްސަނދިކަން އޭނާގެ އަތުން ވަނީ ބީވެގެން ގޮސްފައެވެ. 16 އަހަރު އެކުގައި އުޅުމަށް ފަހު ކެނީ އޭނާގެ ހަތަރު ވަނަ އަބިމީހާ ވަރި ކުރަން ބޭނުންވުމުން މަރިއާން އެކަމަށް އެއްބަސްވީ 60 މިލިޔަން ޑޮލަރު އޭނާއަށް ދިނުމުންނެވެ.
ސިޕިއަލްބާގް
އަގުބޮޑު ވަރީގެވާހަކަދައްކާއިރު ސިޕިއަލްބާގް އާއި އެމީގެ ވަރިގެ ވާހަކަ އެއީ ދައްކާލަންޖެހޭވާހަކަ އެކެވެ. ބޮލީމުޑްގެ މަޝްހޫރު ޑައިރަކްޓާއެއް ކަމަށްވާ ސިޕިއަލްބާގް އަކީ ޖްރޭސިކް ޕާކް ފަދަ މަޝްހޫރު ފިލްމުތައް ޑައިރެކްޓް ކޮށްފައިވާ ފަރާތެކެވެ. 1970 ވަނަ އަހަރު ސިޕިއަލްބާގް ފިލްމީބަތަލާ އެމީ އިރްވިންގް އާއި ދިމާވެ ދެމީހުންގެ ތެރޭގައި ލޯބީގެ ގުޅުން އުފެދި ވަނީ ކައިވެނީގެ ގޮށް 1985 ގައި އައްސާލާފައެވެ.
އެމީހުންގެ ކައިވެންޏައް ފިރިހެން ކުއްޖަކު ލިބުނު ފަހުން ދެމީހުން ވަނީ ވަރިވެފައެވެ. 1989 ވަނަ އަހަރު ދެ މީހުން ވަރިވެފައިވާއިރު ސިޕިއަލްބާގް ވަނީ އެމީ އިރްވިންގް 100 މިލިޔަން ޑޮލަރު ވަރީގެ އެލޮމަނީ އެއްގޮތުގައި ދީމަފައެވެ.
ވަރިޔަކީ މި ޒަމާނުގައި ވަރަށް އާންމުވެފައިވާ މައްސަލަޔަކަށް ވެފައިވާއިރު ކަންކަން ގިނަ ފަހަރު ދެމީހުން ދުރުވާއިރު ދަނީ ވަރަށް ހަލަބޮލި އަދި ހަމަނުޖެހުންގަނޑެއްގެ ތެރޭގައެވެ.