ads
ފެންޝަން އޮފިސް
ފެންޝަން އޮފީހުގެ ސީއީއޯއަކަށް ފުރަތަމަ ފަހަރަށް ބިދޭސީއެއް!
ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ފުރަތަމަ ފަހަރަށް ބިދޭސީއަކު ހަމަޖައްސައި، އެކަން އެ އޮފީހުން މިއަދު އިއުލާންކޮށްފިއެވެ.

ޕެންޝަން އޮފީހުގެ ވެބްސައިޓްގައި އާންމުކުރި ބަޔާނެއްގައި ބުނީ އާ ސީއީއޯ އިނގިރޭސިވިލާތުގެ ޖޯން ގްރިންޑަލް އަކީ އިންޝުއަރެންސް އާއި ޕެންޝަން ދާއިރާގެ 25 އަހަރުގެ ތަޖުރިބާކާރެއް ކަމަށާއި ގްރިންޑަލް އަދާކުރައްވާފައިވާ މަތީ ފެންވަރުގެ މަގާމުތަކުގެ ތެރޭގައި މޯލްޓާގެ ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ވަގުތީ ޗީފް އެކްޗުއަރީގެ މަގާމާއި ލޮއިޑްސް ބޭންކިން ގްރޫޕްގެ ސީނިއަ އެކްޗުއަރީގެ މަގާމުގެ އިތުރުން މޯލްޓާގެ ކޮމްޕެރާ ގްރޫޕުގެ ޗީފް އޮޕަރޭޓިން އޮފިސަރުގެ މަގާމު ވެސް ހިމެނޭކަމަށް އެ ބަޔާނުގައިވެއެވެ.

އޭނާއަކީ ފަންޑުތައް ބެލެހެއްޓުމާއި ތަފާސްހިސާބާއި ރިސްކް މޮޑެލިންގެ ތަޖުރިބާކާރެއް ކަމަށް ވެސް ޕެންޝަން އޮފީހުން މައުލޫމާތުދެއެވެ.

މެއި 13 2009 ގައި ތަސްދީގުކުރި ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން އެ އޮފީސް އުފެއްދި ދުވަހުން ފެށިގެން މިި އަހަރުގެ ޖޫން މަހާ ހަމައަށް ސީއީއޯގެ މަގާމް އަދާކުރެއްވީ، ކުރިން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ގިނަ އަހަރުތަކެއް ވަންދެން އަދާކުރެއްވީ މުހައްމަދު ހުސެއިން މަނިކެވެ.

ސީއީއޯގެ މަގާމަށް ޑްރިންޑަލް އައްޔަންކުރަންދެން ޕެންޝަން އޮފީސް ހިންގަވަމުން ގެންދެވީ ވަގުތީ ސީއީއޯގެ ގޮތުން ފާތުމަތު ސުޖާތާ ހަލީމެވެ.

ތިން އަހަރުގެ ދައުރަކަށް އައްޔަންކުރައްވާ ޕެންޝަންގެ ސީއީއޯއަކަށް އިއުލާނުކުރި މިިދިޔަ ޖޫން މަހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް