ads
ހޮޓްޑޯގަކާއި ސޭންޑްވިޗްއެއް
ހޮޓް ޑޯގަކީ ސޭންޑްވިޗެއް ތަ؟
ކާނާގެ އެކި ބާވަތް ހުންނައިރު އެއީ ކޮން ބާވަތަކާ ބެހޭ އެއްޗެއްތޯ ގިނަ ފަހަރަށް އަހަރުމެންނަށް އޮންނަނީ ނޭނގިފައެވެ. ގިނަ ފަހަރު ކާލަން މީރުވުމުން ދެން އެއާ ބެހޭ މައުލޫމާތު ހޯދުމަކީ ގިނަ ބަޔަކު ކުރާކަމެއް ނޫނެވެ.

ހޮޓްޑޯގަކީ އަޅުގަނޑު މެންގެ ތެރޭގައި ގިނަ ބަޔަކަށް މަގުބޫލް އަދި ވަރަށް ގިނައިން ސުފުރާމަތިން ފެންނަބާވެކެވެ. ނަމަވެސް ހޮޓްޑޯގާމެދު ވަރަށް ފުންކޮށް ވިސްނާލަން އެބަ ޖެހެއެވެ. ހޮޓްޑޯގަކީ ސޭންޑްވިޗެއްހެއްޔެވެ؟

މިސުވާލުގެ ޖަވާބަކީ ގިނަބަޔެއްގެ ހިޔާލު ތަފާތުވާކެމެކެވެ. އެއް ބަޔަކު ބުނަމުން ދަނީ ހޮޓްޑޯގަ ސޭންޑްވިޗް އަކަށް ވަނީ ކިހިނެއް ހެއްޔެވެ. އަނެއްބަޔަކު މިކަމާ ދެކޮޅަށް ބާރަށް ހޮޓްޑޯގަ އަކީ ސޭންޑްވިޗް އެކޭ ބުނަމުންދެއެވެ.

ކޮންމެއަކަސް މި ސުވާލުގެ ޖަވާބު ހުރިހާ ފަރާތްތަކަކަށް ވެސް 27 މާޗް 2016 ގައި ވަނީ ލިބިފައެވެ. މި ޖަވާބު ވެގެން ދިޔައީ އެންމެން ވެސް ހައިރާން ކުރުވަނިވި ޖަވާބަކަށެވެ.

އާދެ ހޮޓްޑޯގަކީ ސޭންޑްވިޗެއް ކަމަށް މޭރިމް ވެބްސްޓާ އިން ވަނީ ރަސްމީކޮށް ބުނެފައެވެ. ނަމަވެސް މި ކަމުގާ ހިޔާލުތަފާތުވާ ފަރާތްތަކުގެ ބަހުސް އަދިވެސް ދަނީކުރިޔަށެވެ. 

 ހޮޓްޑޯގަކީ ސޭންޑްވިޗް އެއްހެއްޔެވެ؟ ނުވަތަ އެއީ ހަމަ "ހޮޓް ޑޯގެއް" ހެއްޔެވެ؟

މި ބަހުސް ކުރާ ފަރާތްތަކުގެ ވާހަކަތަކަށް ބަލާލާއިރުގައި ހޮޓްޑޯގަކީ ސޭންޑްވިޗްއެކޭ ބުނާފަރާތްތަކުން ބުނާ ގޮތުގައި އެ ދެބާވަތުގެ ކާނާގައި ހިމެނެނީ އެކައްޗެއްކަމަށް ބުނެއެވެ.

އެގޮތުން ދޭތީގަ ވެސް ބަނަސް ހިމެނޭ ކަމަށާއި އަދި ހަމަ ދޭތިގައި ވެސް މަސްގަނޑު އޮންނަނީ މެދުގަކަމަށް ބުނެ އެމީހުން ބަހުސް ކުރެއެވެ. މީގެ އިތުރުން އެމީހުން އެންމެ ބޮޑަށް ދައްކާ ހެއްކަކީ މަޝްހޫރު ވެބްސައިޓްއެށްކަމަށްވާ ވިކިޕީޑިޔާގައި ހޮޓްޑޯގަކީ ސޭންޑްވިޗް އެކޭ ބުނެފައިވާތީ އެކަމެވެ.

ނަމަވެސް ހޮޓްޑޯގަކީ ސޭންޑްވިޗްއެށް ނޫނޭ ބުނާފަރާތްތަކުން ބުނަމުންދަނީ އެ ދެބާވަތަކީ ތަފާތު ޒަމާންނެއްގައި މުޖޫދަށް އައި އެއްޗެއް ކަމަށެވެ. އެހެންކަމުން އެއީ އެކައްޗަކަށް ނުވާނެެއެކަމަށެވެ. އަދި ހޮޓްޑޯގް ގައި ސޮސެޖު އަޅާއިރުގައި ސޭންޑްވިޗްފައި ސޮސެޖް ނާޅާކަމަކީވެސް މި ފަރާތްތަކުން ފާހަގަ ކުރާ ކަމެކެވެ.

ކޮންމެއަކަސް މި ބަހުސްތައް ހަމަ ވަރަށް ފޯރީގައި ކުރިޔަށް ދެއެވެ. އެކަމަކު އަޅުގަނޑު މި ލިޔުން ކިޔަމުންދާ ފަރާތްތަކަށް ކޮއްލަން އޮތް ސުވާލަކީ ކުރިމަތީގައި ސޭންޑްވިޗް އަކާއި ހޮޓްޑޯގެއް ހުރިއްޔާ އެދޭއްޗަކީވެސް ސޭންޑްވިޗް އެކޭ ތިޔަ ބޭފުޅުން ބުނާނަން ތޯ؟ އެވެ.

ހަމަ ގައިމުވެސް އަޅުގަނޑެށް އެހެންނެށް ނުބުނާނަމެވެ. އެހެން ކަމުން ސޭންޑްވިޗާއި ހޮޓްޑޯގަކީ ތަފާތު ދެ ބާވަތުގެ ކާނާއެއްކަން ހަމަ ރަނގަޅަށް އިނގިގެން ދެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް