މަޝްހޫރު ރިއަލިޓީ ޝޯ، ބިގް ބޮސް، 13 ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ބަލަމުން އަންނަކަމަށް ރަޝަމީ ދެސާއީގެ ކުރީގެ ފިރިމީހާ ނަންދިޝް ސަންދޫ އެއްބަސްވެއްޖެ އެވެ.

Advertisement
މަޝްހޫރު ރިއަލިޓީ ޝޯ، ބިގް ބޮސް 13، ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ބަލަމުން އަންނަކަމަށް ރަޝަމީ ދެސާއީގެ ކުރީގެ ފިރިމީހާ ނަންދިޝް ސަންދޫ އެއްބަސްވެއްޖެ އެވެ.
ނަންދިޝް ބުނި ގޮތުގައި އޭނާއަކީ ކުރިން އެ ޝޯ ގަވައިދުން ބަލަމުން އައި މީހެކެވެ. އެކަމަކު ވޭތުވެދިޔަ ދެ އަހަރު ޝޯ ބަލާފައެއް ނުވެ އެވެ. އެހެންނަމަވެސް ބިގްބޮސް މިހާރު ބަލާތޯ ސުވާލުކުރުމުން ނަންދިޝް ވަނީ މިހާރު ކޮންމެ އެޕިސޯޑެއް ވެސް އޭނާ ބަލަމުން އަންނަ ކަމަށާއި ވަކި މީހަކު އުޅޭ ގޮތެއް ބެލުމުގެ ބަދަލުގައި އެ ޝޯގައި އެންމެވެސް އުޅޭ ނޫޅޭ ގޮތް އޭނާ ބަލާ ކަމަށް ބުނެފަ އެވެ.
ވީ އެކްޓަރު ނަންދީޝް ސަންދޫ އާއި ރަޝަމީ ކައިވެނި ކުރީ 2012 ވަނަ އަހަރެވެ. އެ ދެމީހުންގެ ކައިވެނި ރޫޅިފައި ވަނީ 2016 ވަނަ އަހަރު އެވެ.
އޭގެ ފަހުން މިހާރު އަޑުތައް ގަދަވެފައިވާ ގޮތުންނަމަ ރަޝަމީ އާއި ބިގްބޮސްގައި ފެނިގެންދާ އަރްހާން ހާން އުޅެނީ ލޯބީގެ ގޮތުން ގުޅިގެންނެވެ. މިހެންކަމުން ޝޯގެ ތެރޭގައި އެ ދެތަރިން އުޅޭ ނޫޅޭ ގޮތް ވެސް ނަންދިޝަށް ފެންނާނެ އެވެ. ދާދި ފަހުން ސަލްމާން ވަނީ އަރްހާންގެ ދިރިއުޅުމުގެ ބޮޑު ސިއްރެއް ވެސް ފަޅާ އަރުވާލާފަ އެވެ. އޭނާ މީހަކާ އިނދެގެން އޭނާގެ ދަރިއަކު ހުރި ކަމެވެ. އެއާއެކު ފެނިގެންދިޔައީ ރަޝަމީއަށް ބޮޑު ހައިރާން ކަމެއް ވެސް ލިބިގެން އުޅުން މަންޒަރެވެ.
ރަޝަމީ ފެނިގެން ދިޔަ ބައެއް ޓީވީ ޝޯތަކުގެ ތެރޭގައި "ދިލް ސޭ ދިލް ތަކް" އާއި "އުއްތަރަން" އާއި "މަހާސަންގަމް" އަދި "ބޭލަން ވާލީ ބަހޫ" ހިމެނެ އެވެ.
ރަޝަމީއަކީ މި އަހަރު ބިގް ބޮސްއަށް ނެގި އެންމެ އަގު ބޮޑު ތަރި ވެސް މެއެވެ. އެގޮތުން އެ ޝޯގައި މަސައްކަތް ކުރުމަށް އޭނާއަށް 1.2 ކްރޯޑް ރުޕީސް ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.