އެގޮތުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވާ 14 ބޭފުޅުންގެ ތެރެއިން 6 ބޭފުޅުންނަކީ، މީގެކުރިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު މިއަހަރު 20 ބޭފުޅަކަށް ލިބިލައްވާއިރު، ރައީސް ދެއްވާ މެޑެލް ހާސިލު ކުރައްވަނީ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވާފައިވާ ބޭފުޅަކާއި، މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 13 ބޭފުޅަކާއި، އަދި ބައިނަލްއަގްވާމީ މުބާރާތްތަކުން ނުވަތަ މިނޫން ވެސް ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ހޯއްދަވާފައިވާ 6 ބޭފުޅަކަށެވެ.
މިބޭފުޅުންގެ އިތުރުން، ކީރިތި ގުރްއާން ހިތުދަސްކޮށް 1 ވަނަ ދަރަޖައިގައި ފާސްވި 4 ހާފިޒުންނަށް ރައީސްގެ ހާއްސަ މެޑަލްވެސް މިއަހަރު ދިނުމަށް ވަނީހަމަޖެހިފައެވެ.
މި އަހަރުގެ ގައުމީ ނިމާނު ދިނުން އޮންނާނީ، އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ޖުމްހޫރީ މައިދާނުގައި މާދަމާރޭ ބާއްވަވާ ރަސްމީ ޖަލްސާގައެވެ. މީގެއިތުރުން މި ޖަލްސާގައި، ސުނާމީ ކާރިސާގައި ނިޔާވި މީހުންނާއި އެ ކާރިސާގައި ގެއްލުނު މީހުންގެ ހަނދާނުގައި ސުކޫތެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.