އެޗްޑީސީން ބުނީ ހުޅުމާލެ ބައެއް މަގުތަކުގައި އިންދާފައި ހުރި ގަސްތައް ކެނޑުމަށް ނިންމާފައިވަނީ ހުޅުމާލޭގެ މަގުތައް އަލިކޮށް މަގުބައްތި ޖެހުމަށް އެކުލަވާލައިފައިވާ "ސްޓްރީޓް ލައިޓް މާސްޓާ ޕްލޭން"ގެ ދަށުން ކަމަށެވެ.
"ސްޓްރީޓް ލައިޓް މާސްޓާ ޕްލޭން"ގެ ދަށުން ހުޅުމާލޭގެ އެކި ސަރަހައްދު ތަކުގައި ހުރި މަގުބައްތިތަށް ބަދަލުކޮށް އާ މަގުބައްތި ހަރުކުރުމުގެ މަސައްކަތް އެޗްޑީސީން ކުރާނެއެވެ.
ހުޅުމާލޭގެ މަގުތައް އަލިކޮށް މަގުބައްތި ޖެހުމަށް މަގުތަކުގައި އިންދާފައި ހުރި ބައެއް ގަސްތައް ކެނޑުމަށް ނިންމާފައިވާއިރު ހުޅުމާލޭގެ ތަރައްގީގެ ބައެއް މަޝްރޫއުތަކަށް ރަށުގެ ފެހިކަން ގެއްލޭފަދަ ގޮތަކަށް މަގުމަތީގައި އިންދާފައިވާ ގަސްތައް ކެނޑުމާއި އެނޫންވެސް ހަރަކާތްތަށް ކުރިއަށް ގެންދިޔުމަށް މީގެ ކުރިންވެސް ހުޅުމާލޭގެ ގަސްތަށް ކަނޑާތީ އާއްމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;