ads
ވެލާނާ އެއާޕޯޓުގައި ގިނަ އަދަދެއްގެ ފަތުރުވެރިން---
މިއަދާއި މާދަމާ ވީއައިއޭއަށް ގިނަ ފަސިންޖަރުން އަންނާނެ
ބޯޑަރު ހުޅުވި ފަހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެންމެ ގިނަ ފަސިންޖަރުން އަންނާނީ މިއަދާއި މާދަމާ ކަމަށް އެމްއޭސީއެލުން އަންދާޒާކޮށްފި އެވެ.

އިއްޔެ އެމްއޭސީއެލުން ބުނީ ބޯޑަރު ހުޅުވި ފަހުން މިއަދާއި މާދަމާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގިނަ އަދަދެއްގެ ފަސިންޖަރުން އަންނާނެ ކަމަށް އަންދާޒާކުރެވޭ ކަމަށާއި، އެއާޕޯޓަށް އަންނަ ފަސިންޖަރުންނަށް ހިދުމަތް ދިނުމަށް ތައްޔާރީ ހާލަތުގައި ތިބި ކަމަށެވެ.

ކޮންމެ އަހަރަކުވެސް ފަހުކޮޅު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާ އިރު، މިއަހަރު ވެސް ފިނި މޫސުމާއި ދިމާކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފަ އެވެ.

ބޯޑަރު ހުޅުވި ފަހުން ދޮޅު ލައްކައަކާއި ގާތްކުރާ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ އިރު، މި މަހު އެކަނިވެސް 71،887 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ހިސާބުތަކުން ދައްކައެވެ.

އަންނަ އަހަރު ރާއްޖެއަށް ދޮޅު މިލިއަން ފަތުރުވެރިން ގެނައުމަކީ ސަރުކާރުގެ އިތުރުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ އަމާޒެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް