ads
ފޮޓޯ: ނޯޓީމެޓޮކްސް ޓުވިޓާ:-
16 އަހަރު ކުރިން އޮޔާ ދާން ދޫކޮށްލި ގަބުރުގެ ހަނދާންތައް!
އެއީ މީގެ 16 އަހަރުގެ ކުރީގެ ހަދާންތަކެކެވެ. އެ ބިރުވރި ނާމާން ދުވަސް މަތިން އަދިވެސް އަހަރެން ހަނދާން އެބަހުރިއެއެވެ. އެ ދުވަހަކީ އަހަރެންގެ މުޅި ދިރިއުޅުން އެފުން މިފުށައް ޖަހާލި ދުވަހަކަށް ވެގެން ދިޔައީމެވެ.
Advertisement

އަހަރެން އޭރު ވާނީ އެންމެ 10 އަހަރެވެ. ހެނދުނު އިރުއެރުމާއި އެކު އަހަރެން ސައިބޮއިގެން ދިޔައީ ގޭދޮށު ކުދިންނާ އެއްކޮށް ކުޅޭށެވެ. އަހަރުމެން ކުޅެން ދިޔައީ ރަށުގެ "ކަޑިނމަގު" ކިޔާ ސަރަހަށްދަކަށެވެ. އެ ސަރަހައްދުން އަތިރިމަތި ވަރަށް ރީތިކޮށްފެނެއެވެ.

އެދުވަހަކީ މޫސުން ރީތި ކަނޑު އޮމާން ދުވަހެކެވެ. ނޫ އުޑުގައި އެންމެ ވިލާރޮށްޖެއްހާ ހިސާބުވެސް ނެތެވެ. ކަނޑުން އަންނަ ފިނފިނި ރޯޅި މޫނުގައި ބީހިލާއިރު ހިތަށް ފިނިކަން ގެނެސްދެމުން ދިޔައެވެ. 

ރުއްތަކުގެ ހިޔަލުގައި ގޮޑުދޮށުގެ ހުދުވެލިގަޑުމަތީގައި އަހަރެން ފަސްއޮށް ކުޅެން ރަނގަޅަށް އިށީނީމެވެ. ކުޅުމުގެ ފޯރީގައި އަހަރެމެން ހޭބޯނާރާ އުޅެމުން ދިޔައީމެވެ.

ވަށައިގެންވާ މާހައުލަށް އަހަރެން ނަޒަރު ހިންގާލީމެވެ. އާދަޔާ ހިލާފަށް ދިޔަވަރު ހިކިފައި ހުރިކަން އަހަރެންނަށް ފާހަގަވިއެވެ. މިގަޑިޔަކީ އާންމުކޮށް މި ދުވަސްވަރު ދިޔަވަރު ބޮޑުގަޑިޔަކަށް ވާތީއެވެ. އަހަރެންނާ އެކު އުޅުނު އެހެން ކުދިންގެ ސަމާލުކަމަށް އަހަރެން އެކަން ގެނައީމެވެ. ދިޔަވަރު އެހާ ބޮޑަށް ހިކިފައި އޮތް ސަބަބާމެދު އެންމެން ވެސް ދިޔައީ އެކި ބަހުސް ކުރަމުންނެވެ. އެންމެ ފަހަށް ނަކަތައް ބަދަލް އަންނާތީ ކަމަށް ނިންމާ ބަހުސް ނިންމާލީމެވެ.

ދިޔަވަރު ހިކިފައިވުމުން ވާފަތްގަޑު މަތީގައި ވަރަށް ގިނަ ރާކަނި ހުންނާނެއެވެ. އެހެންކަމުން ރާކަނި ހޮވަން ދިޔުމަށް އެންމެން ވާފަތް ގަޑު މައްޗަށް އެރުނެވެ. އެކަކަށް ވުރެ އަނެކަނު ގިނައިން ރާކަނި ނެގުމުގައި އުޅުނީ މަޖަލާއި ސަކަރާތުގައެވެ.

ކުއްލިޔަކަށް އަހަރެންގެ ފަހަރުގައި ހުރި ކުއްޖާ އަޑުގެ ނެތް ކޮޅަށް ހަޅޭލައިގަތެވެ. ސިއްސައިގެން ގޮސް ފަހަތް އަހަރެން ބާލާލީމެވެ. އޭރު އަހަރެންގެ ފަހަތުން ލޮލުގެ ކޮޅަށް މާ ސިންގަހާ ރާޅެށް ބާރުމިނުގައި ރަށާއި ދިމާލަށް އަންނަނީއެވެ.

އަހަރެންނާ އެއްކޮށް ތިބި ފަސް ކުދިން ވެސް ތިބީ ހުރިތަނަށް ގާވެފައެވެ. އަވަހަށް ގައިގައި ހުރި ބާރެއް ލާފައި ދުއްވައިގަތީމެވެ. 

ރާކަނި ތަށިވެސް ދޫކޮށްލީއެވެ. 

އަހަރެންގެ ފަހަތުން ދެންތިބި ކުދިންވެސް ދުވިއެވެ. 

އަވަސް އަވަހަށް ދުވަމުން ގެއާ ހަމަޔަށް ފޯރޭތޯ އަހަރެން މަސައްކަތް ކުރަމުން ދިޔައީމެވެ. އޭރު އަހަރެންގެ ފަހަތުން ހުރިހާ ސުންނާފަތި ކުރަމުން ރާޅު އަންނަ އަޑު އަހަރެންނަށް އިވުނެވެ. އަދިވެސް އެ އަޑުތައް ކަންފަތުގައި ހަރުލާފައި އެބަހުއްޓެވެ. 

 އެ ހަނދާންތައް މިއަދުވެސް ކައިރިން އަހަރެން ހަނދާން އެބަހުއްޓެވެ. މިއަދު ވީކަމެއް ފައިންނެވެ. އެ ހަންދާންތަކުގެ ތެރެއިން ވެސް އަހަންނަށް ދޫކޮށްލަން އުންދަގޫ ހަންދާނެއް އެބައޮތެވެ.. އެއީ ... 

އަހަރެންނަށް ގެޔާ ހަމަޔަކަށް ނުދެވުނެވެ. ބިޔަރާޅުގައިން އަހަރެން އޭގެ ތެރެޔަށް ގަރަގު ކޮށްލިޔެއެވެ. ފަތަން ދަތް ނަމަވެސް، ގަދަ އޮއިވަރުގެ ތެރެއަށް އަހަރެން ގެނބުނެވެ. 

ފެންމަތީގައި އޮވެވޭތޯ އަހަރެން ދިޔައީ ވަރަށް މަސައްކަތް ކުރަމުންނެވެ. 

ހިތުގެ އަޑިން ހެޔޮ އެއްޗެއް ކިޔޯތޯވެސް އުޅުނީމެވެ. ގަނެފައި ހުރި ބިރުން ހަނދާނަކަށް ހެޔޮ އެއްޗެއްވެސް ނައެެވެ.

އަހަރެން ދިޔައީ ފެންމަތީގައި އޮތުމަށް އަތުގައި އެއްޗެއް ޖެހޭތޯ މަސައްކަތް ކުރަމުންމެވެ.

ކުއްލިއަކަށް ވަރަށް މަޑު އެއްޗެއް އަތުގައި ޖެހުނެވެ. އެއީ ކޯއްޗެއްތޯ ބަލާލއިއިރު އަހަރެންނަށް ފެނުނީ މަރުވެފައި އޮތް އިންސާނެއްގެ ހަށިގަނޑެވެ. އޭނާ އެއްވެސް ހަރަކާތެއް ނުކުރެއެވެ. އޭނާ އެއޮތީ މަރުވެފައިކަން އަހަރެންނަށް ޔަގީން ވިއެވެ. ސިއްސައިގެން ގޮސް އަހަރެން އޭނާގެ އަތުން ދޫކޮށްލީމެވެ. އެގަބުރު އޮޔާއެކު ދިޔަގޮަތަށް ދިޔައެވެ. 

ނަމަވެސް މި ބިރުވެރި ހަނދާންތައް އަހަރެންގެ ފަތުން މިއަދުންވެސް ފާރަލަމުން އާދެއެވެ. 

ހުވަފެނުންވެސް އެ މަންޒަރު ފެނެއެވެ. ބައެއް ރޭރޭ އެ ގަބުރު އަހަރެން ގާތު ނިދާފައި އޮންނަހެން ވެސް ހީވެއެވެ. ހުވަފެނުން ވެސް ފެނެއެވެ. އޭނާ ދޫކޮށްލީ ކީއްވެތޯ ސުވާލުކުރެއެވެ..... މި ހަނދާންތަކުގެ އަސަރު އަހަރެންގެ މުޅި ހަޔާތައް ކުރިއެވެ. ... ބައެއް ރޭރޭ އަހަރެންގެ ނިޔާވެފައިވާ ކޮއްކޮއާއެކު އެ ގަބުރު ކުޅޭތީ ވެސް އަހަންނަށް ހުވަފެނުން ފެނެއެވެ. އަނެއްބައި ރޭރޭ އެ ގަބުރު ކޮށްކޮ އަތުގާ ހިފާ ދަމާ ކަނޑަނޑަށް ގެންދާތީ ވެސް ހުވަފެނުން ފެނެއެވެ... 

އެ ދުވަހު  އަހަރެން ދިޔައީ ރާޅުގެ ބާރު އޮއޮގެތެރޭގައި ގެބެމުންނެވެ....

އަހަރެން ވަރުބަލިވާންފެށިއެވެ. ނޭވާ ކުރުވެ ދެން އަހަރެން މަރުވަނީއޭ އަހަރެން ހިތަށް އެރިއެވެ. މަންމަ އާއި ކޮއްކޮ ދެން އަހަރެންނަށް ނުވެސް ފެންނާނެއޭވެސް ހިތަށް އެރިއެވެ. އަހަރެން ދެލޯމަރާލީމެވެ. އެންމެ ފަހުފަހަރަށް ސަލާމަތް ވެވޭތޯ އަހަރެން އަތް އެކި ދިމަދިމާލުގައި ހޫރަން ފެށީމެވެ. އަހަރެންގެ އަތުގައި ހިފީ ނަސީނެށް ބޫނެެނެވެ، ގަހެއްތެ އެންމެތިރީގައި އިން ގޮފިގަޑެކެވެ. ރަނގަޅަށް އޭގައި ދެއަތް ބާރު ކޮށްލީމެވެ. އަދި މަޑުމަޑުން ފެނުން މައްޗަށް އެރުމަށް އަހަރެން މަސައްކަތް ފެށީމެވެ. ގަހުގެ ފެން ނުޖެހޭ ހިސާބައް އަހަރެން އަރާ ހަމަޖެހިލީމެވެ.

އަހަރެންގެ ފައި ހަލާކުވެފައިވާކަން ރޭކާލީ އަދި ކިރިޔާއެވެ. ވަރަށް ބޮޑައް އެތަނުން ލޭއަންނަމުން ދިޔައެވެ. އަހަރެން ގެ ހިޔާލަށް ދެންއައީ އަހަރެންނާ އެކު ތިބި ކުދިންނަށް ކިހިނެތް ވީތޯއެވެ. އަދި އަހަރެންގެ މަންމައާއި ކޮއްކޮ ކޮބައިތޯއެވެ. މި ހިޔާލުތަކުގައި އަހަރެން ރާޅުދަންދެން އިނީމެވެ.

ރާޅުގޮސް ރަށްތެރެ ހަމަހިމޭން ވީހެން ހީވުމުން އަހަރެން އަރައުގެން އިން ގަހުން ފައިބައިގެން ގޭޔާ ދިމާލަށް ބާރަށް ދުވަމުންދިޔައީމެވެ. އެކި މީހުން މަގުމަތީގައި އަނިޔާވެފައިވާ މަންޒަރު އަހަރެންނަށް ފެނުނެވެ. އެތަށް ގެތައް ހުރީ ބިމާހަމަވެފައި ހުރިމަންޒަރު އަހަރެންނަށް ފެނުނެވެ.

ހިތުގައި ބިރުވެރިކަން އުފެދުނެވެ. އަވަސް އަވަހަށް ގެޔަށް ދިޔައިރު އަހަރެންގެ ގެވެސް ހުރީ އެހެން ގެތަށްހެން ބިމާތިރިވެފައެވެ. މަންމަ އަކި ކޮއްކޮ ފެންނާކަށް ނެތެވެ. އެވަގުތު މާމަވެސް އަހަރެންގެ ގެކައިރިޔަށް އައެވެ. ރޮމުން ރޮމުން އަހަރެން ގޮސް މާމަގެ ގައިގައި ބައްދައިގަތީމެވެ. އަހަރެންމެ މަންމަ ކޮބައިތޯ ސުވާލުކުރީމެވެ. މާމަވެސް ރޮމުން ބުނަމުންދިޔައީ އެކަވެސް ވީތަނެއް އަދި ނޭންގޭކަމަށެވެ.

ބާރަށް ދުވަމުން އައިމީހަކު އަހަރެންމެން ކައިރީގައި އަވަހަށް ބަދަރު މައްޗަށް އެންމެން އެއްވުމަށް ބުނިއެވެ. އަވަހަށް ދުވަމުން އަހަރެމެން ދެމައިން ބަދަރު މައްޗައްތަށް ދިޔައީމެވެ. އޭރު ރަށުގެ ގިނަބަޔަކު ތިބީ އެތަނަށް އެއްވެފައެވެ.

ހުރިހާ އެންމެންގެ ތެރެއިން މަންމައާއި ކޮއްކޮގެ މޫނު ފެނޭތޯ އަހަރެން ދިޔައީ ހޯދަމުންމެވެ. އަހަރެންގެ ނަޒަރު މަންމައަށް ހުއްޓުނެވެ. ބޮޑުދައިތަކައިރީގައި މަންމަ ރޮމުން ގެންދިޔައެވެ. އަހަރެން ދުވަމުން ގޮސް މަންމަގައިގައި ބައްދާލީމެވެ. އަދި ރޮމުން ކޮއްކޮ ކޮބާތޯ އަހަރެން ސުވާލުކުރީމެވެ.

މަންމަ ބުނީ ރާޅުގެ ތެރެޔަށް ކޮއްކޮ ގެއްލިފައިވާކަމަށެވެ. އަދި ކޮއްކޮ އޭގެ ފަހުން ނުފެންނަކަމަށެވެ. މީހުން ގަޑުތެރޭގައި އަހަރެންނާއި މަންމަ ކޮއްކޮ ހޯދުމުގެ މަސައްކަތުގައި ވަރަށް ގިނަ ވަގުތު ހޭދަކުރީމެވެ. ނަމަވެސް ކޮއްކޮގެ އެއްވެސް ހިލަމެށް ނުވިއެވެ.

ރަށުގެ އެންމެން ބަދަރު މައްޗަށް އައިސް ހަމަ ވެއްޖެއެވެ. ރަށުގެ ބައެއް ފިރިހެނުން މީހުން ހޯދަންވެސް ރާށުތެރެއަށް ގޮސް ބައެއް މީހުން ގޮވައިގެން އައިސްފިއެވެ. ނަމަވެސް ކޮއްކޮއެއް އޭގެން އެއްވެސް މީހެއްގެ ތެރޭގައި ނުހިމެނެއެވެ.

މިހާރު ގަޑިން ހަވީރު 5 ޖަހައިފާނެއެވެ. ބަދަރުމަތީގައި ހުރި ދޯނިތަކަށް މީހުން އަރާ ތިބީ ދެންވެސް ރާޅެށް އައިސްފާނެ ކަމުގެ ބިރުވެރިކަމުގައެވެ. މަންމައަށް އޮތީ ލިބުނު ބޮޑު ހިތާމައިގެ ސަބަބުން ވަރުބަލިވެގެން ނިދިފައެވެ. ނިދީގަވެސް ގިސްލެމުން ދިޔައެވެ. އަތުގައި ހިފުނު ގަބުރުގެ ހިޔލާއި، ކޮއްކޮއަށް ވެދާނެ އެކި ދެރަ ގޮތްގޮތުގެ ހިޔާލުގައި އޮއްވާ އަހަންނަށް ނިދުނެވެ. 

ހެނދުނު އިރު އެރުމާއެކު ރަށުތެރެއަށް އެންމެންވެސް އެރިއެވެ. އަދި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރުމަށް ފިހިރެނުން ރަށުގެ ތެރެޔަށް އެރިއެވެ. އެމީހުން ދިޔަތާ ގަޑީއިރެށް ފަހުން މަރުވެފައިވާ މައްޔިތެއް ހިފައިގެން މީހަކު އައެވެ. އަދި އެތާ ހިޔާކޮށްފައިވާ ތަނެއްގައި ބޭއްވިއެވެ.

މަރުވެފައިވާ ކުއްޖާގެ މޫނަށް އަހަރެން ބަލާލީމެވެ. ހިތަށް ހީވީ އެތަށް ތީރުތަކަކުން ޒަހަމުން ކޮއްލިހެންނެވެ. އަހަރެން ކައިރީގައި ހުރި މަންމަވެސް ބާރު އަޑުން ރޯންފެށިއެވެ. އެ މައްޔިތާއަކީ އަހަރެން 4 އަހަރުގެ އަންހެން ކޮއްކޮއެވެ. ރޮމުން ރޮމުން ކޮއްކޮ ދިޔައީމެވެ. އާއިލާގެ އެންމެންވެސް އެތަނައް އައެވެ. އަދި ހިތްވަރުކޮށް ކެއްކުރުމަށް ހިތްވަރު ލައިދިނެވެ.

މެންދުރު އަތަށް އެޅިއިރުގައި މުޅިރަށުން މަރުވި 5 މީހުން ގެ ގަބުރު އެތަނަށް ގެނައެވެ. އަދި ވަޅުލުމުގެ ކަންކަން ކުރިޔަށް ގެންދިޔުމުގެ މަސައްކަތް ކުރަމުން ދިޔައެވެ. އޭރު ސިފައިންގެ ބަޔަކުވެސް އެހީއާއެކު ރަށަށް އައިސްފިއެވެ. އެމީހުންނާ އެކު ބައްޕަވެސް ރަށަށް ދިޔައެވެ. އަދި ކޮއްކޮ ވަޅުލުމުގެ ކަންތަކުގައި ދިޔައީ ހަރަކާތްތެރި ވަމުންނެވެ. ކޮއްކޮ ވަޅުލުމަށް ފަހު އައިރުވެސް މަންމަ ރޮމުން ގެންދިޔައެވެ. އަހަރެން މަންމަޔަށް ހިތްވަރު ލައިދިނީމެވެ. އަދި ކެއްތެރިވުމަށް ނަސޭހަތްތެރިވީމެވެ.

ދުވަސް ކޮޅެށް ފަހުން މަންމަ ހަމަޔަކަށް އެޅުނެވެ. ނަމަވެސް ކުރީގެ ދިރިއުޅުމަކަށް ކަންކަމެށް ނުދެއެވެ.

އެ ހިތި އަދި ނާންމާ  ހާދިސާ އަިވެސް އަހަރެން ހަދާން އެބަހުއްޓެވެ. ދެންމެ ލޯކުރިމަތީގައި ހިނގި ހާދިސާއެއް ގޮތުގައެވެ. އެ ތަޖުރިބާއަކީ އަހަރެން މުޅި އުމުރަށް އަހަރެންގެ ސިކުޑީގައި ހަރުލާފައި ހުންނާނެ ހާދިސާއެކެވެ. އަދި އަހަރެންގެ ކޮށްކޮއާއި، ރާޅު ތެރޭން އޮޔާ ދާން އަހަރެން ދޫކޮށްލި ގަބަރު އަހަރެންގެ ފަހަތުން އަބަދުވެސް ހިނގާނެއެވެ. 

އެ ހަނދާންތަކަކީ ކިތަންމެ ބިރުވެރި އަދި ނުރައްކާތެރި ހަނދާންތަކެއް ނަމަވެސް، އަހަރެން އެ ހަދާންތަކާއި ދުރަށް ދާކަށްވެސް ބޭނުމެއް ނޫނެވެ. އަދި އެއީ އަހަރެންގެ ކުށެއް ނޫންކަންވެސް އެނގެއެވެ. 

58%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް