ads
ރަޔާން--
ޔޫޓިއުބް މެދުވެރިކޮށް އެންމެ ބޮޑު އާމްދަނީ ލިބުނީ 9 އަހަރުގެ ރަޔާނަށް!
ފޯބްސް މެގަޒިންގައިވާ ގޮތުން ޔޫޓިއުބް މެދުވެރިކޮށް މިއަހަރު، އެންމެ ބޮޑު އާމްދަނީއެއް ލިބިފައި މިވަނީ އުމުރުން އެންމެ ނުވަ އަހަރުގެ ކުއްޖަކަށެވެ.

"ރަޔާންސް ވޯލްޑް" ގެ ނަމުގައި ރަޔާން އޭނާގެ ޗެނަލް ހިންގަމުން އަންނައިރު މިއަހަރު އޭނާއަށް ލިބުނު އާމްދަނީގެ އަގު އުޅެނީ 29.5 މިލިއަން ޑޮލަރުގަ އެވެ. 

ރަޔާން، ވީޑިއޯ އުފައްދަން ފަށާފައިވަނީ އޭނާގެ އުމުރުން އެންމެ ހަތަރު އަހަރުގައި 2015 ވަނަ އަހަރެވެ. ރަޔާންގެ ވީޑިއޯތައް މަގްބޫލްވާން ފެށީ، ރަޔާން ޓޯއީސް ރެވިއުގެ ނަމުގައި ވީޑިއޯތަކެއް ހަދަން ފެށި ހިސާބުންނެވެ. އެއާއެކު އެތައް މިލިއަން ބަޔަކު އޭނާގެ ވީޑިއޯތައް ބަލަން ފެށި އެވެ. 

your imageރަޔާން--

ކުޑަކުދިންނާއި ގުޅޭ ގޮތަށް އެ ވީޑިއޯތައް ރަޔާން ދޫކޮށްލަމުން އަންނަނީ އޭނާގެ މައިންބަފައިންގެ އެހީތެރިކަމާއެކު އެވެ. އެގޮތުން އޭނާގެ ވީޑިއޯތަކުން އާއިލާގެ މެމްބަރުން ވެސް ފެނިގެންދެ އެވެ. މިހާރު އޭނާގެ ވީޑިއޯތަކަށް 12 ބިލިއަނުން މައްޗަށް ވިއުސް ލިބެ އެވެ.

ގްރޭޑް ތިނެއްގައި ކިޔަވަމުން އަންނަ ރަޔާނަކީ ޔޫއެސްއަށް ނިސްބަތްވާ ކުއްޖެކެވެ. މިހާރު އޭނާގެ ޗެނަލްގައި 27.7 މިލިއަން ސަބްސްކްރައިބަރުން އެބަ ތިއްބެވެ. ޓޯއީސް ރިވިއުތަކުން ފެށިގެން މައުލޫމާތުން ފުރިގެންވާ އެތައް ކޮންޓެންޓެއް މިހާރު އެޗެނަލް މެދުވެރިކޮށް އަންނަނީ ފޯރުކޮށްދެމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް