ރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ފޮރިން މިނިސްޓްރީން މިއަދު ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ ސުނާމީގެ ރާޅުން ރާއްޖޭގެ ރަށްތައް ފުނޑު ފުނޑު ވެގެން ދިޔަ މަންޒަރު ފެނި ލެއްވިކަމަށެވެ.
ޝާހިދު ވިދާޅުވީ، ދިވެހިން އެންމެ ގަދަޔައް އެއްބައިވީ ދުވަހކީ ޑިސެންބަރު މަހުގެ ސުނާމީއާއި ގުޅިގެން އެއްބައިވި ދުވަސް ކަމަށެވެ.
ރާއްޖޭގައި މި ފާހަގަ ކުރާ އެއްބައިވަންތަކަމުގެ ދުވަސް ވެސް ރައްމްޒުވަނީ ސުނާމީ ކާރިސާގައި ދިވެހިން އެއްބައިވަންތަކަމާއެވެ.
"އެ އެއްބައި ވަންތަކަމުގެ ސަބަބުން ލިބުނު ކުރިއެރުންތައް މުހުރީ ދާދިކައިރީގައި ފެންނަން،" ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ މާލެވަށައި ޖަހާފައިވާ "ބަޖިޔާ" ގާތައް ފަދައިން ދެވެހިން އެ ދުވަހު ޅުލި ލާމެހި އެއްބައިވަންތަކަމާއެކު މަސައްކަތް ކުރިކަމަށެވެ. އަދި ދިވެހިރާއްޖެއާއި އެހެން ގައުމުތަކާއި ވެސް ގުޅިގެން ދިޔަކަމަށެވެ.
ސުނާމީ ކާރިސާގައި ރާއްޖެއިން 82 މީހުން މަރުވިއިރު، 24 މީހަކު ވަނީ ގެއްލިފައެވެ.