ads
އަރްހާން އާއި ރަޝަމީ--
"ރަހުމަތްތެރިކަމުގެ އިތުރުން އެހެން ގުޅުމެއް ރަޝަމީ އާއެކު އުފެދިއްޖެ"
ޓީވީ ބަތަލާ ރަޝަމީ ދެސާއީ އާ ރަހުމަތްތެރިކަމުގެ އިތުރުން އިތުރު ގުޅުމެއް އުފެދިއްޖެ ކަމަށް އެކްޓަރު އަރްހާން ހާނު ބުނެފި އެވެ.
Advertisement
ޓީވީ ބަތަލާ ރަޝަމީ ދެސާއީ އާ ރަހުމަތްތެރިކަމުގެ އިތުރުން އިތުރު ގުޅުމެއް އުފެދިއްޖެ ކަމަށް އެކްޓަރު އަރްހާން ހާނު ބުނެފި އެވެ.

ރަޝަމީ އާއި އަރުހާނާ ދެމެދު ލޯބީގެ ގުޅުމެއް އޮންނަ ކަމަށް ދާދި ފަހުން ވަނީ އިންޑިއާގެ ނޫސްތަކުގައި ހަބަރުތައް ފަތުރާފަ އެވެ. ނަމަވެސް އޭރު އަރްހާން ވަނީ ރަޝަމީ އަކީ ހަމައެކަނި އެކުވެރިއެއް ކަމަށާއި ލޯބީގެ ގުޅުމެއް ބާއްވަން ނުވިސްނާ ކަމަށް ބުނެފަ އެވެ.

ދާދި ފަހުން އިންޑިއާގެ މަޝްހޫރު ނޫހެއް ކަމަށްވާ ޕިންކްވިލާއަށް ދިން އިންޓަވިއުއެއްގައި އަރްހާން ވަނީ އޭނާ މިހާރު ރަޝަމީ އާ ދޭތެރޭ ދެކޭ ގޮތުގެ ވާހަކަ ދައްކާފަ އެވެ.

އެގޮތުން އޭނާ ބުނީ ބިގްބޮސް 13 ގައި ބައިވެރިވުމުގެ ކުރިން އެ ދެމީހުން ރައްޓެހިވެގެން އުޅޭ ކަމަށް އަޑުތައް ފެތުރިފައިވާ ކަމަށެވެ. އަދި އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އޭރު އޭނާ ބުނެފައިވާ ކަމަށް ވެސް އަރްހާން ވަނީ ބުނެފަ އެވެ.

ނަމަވެސް ބިގްބޮސްގެ ގެ ތެރޭގައި ރަޝަމީ އާއެކު 15 ދުވަސް މަތިން ވަގުތު ހޭދަކުރި ފަހުން ރަހުމަތްތެރިކަމުގެ ގުޅުމުގެ އިތުރުން އެހެން ގުޅުމެއް އުފެދެން ފަށައިފި ކަމަށް އަރްހާން ވަނީ ބުނެފަ އެވެ. އަދި ގުޅުން އިތުރަށް ކުރިއަށް ނުގެންދެވެނީސް އެ ޝޯއިން އޭނާ ވަކިވެގެން ދިޔައީ ކަމަށް އަރްހާން ވަނީ ބުނެފަ އެވެ.

ރަޝަމީ ވަނީ މީގެ ކުރިން ކައިވެންޏެއް ކޮށްފަ އެވެ. އޭނާ ކައިވެނިކޮށްފައި ވަނީ ޓީވީ އެކްޓަރު ނަންދީޝް ސަންދޫ އާ 2012 ވަނަ އަހަރު އެވެ. އެ ދެމީހުންގެ ކައިވެނި ރޫޅިފައި ވަނީ 2016 ވަނަ އަހަރު އެވެ.

ރަޝަމީ ފެނިގެން ދިޔަ ބައެއް ޓީވީ ޝޯތަކުގެ ތެރޭގައި "ދިލް ސޭ ދިލް ތަކް" އާއި "އުއްތަރަން" އާއި "މަހާސަންގަމް" އަދި "ބޭލަން ވާލީ ބަހޫ" ހިމެނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;