ފުލުހުން ބުނި ގޮތުގައި އެމީހުންގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކުރަން ގެންދިއުމުން އެމީހުން ދޫކޮށްލީ ކޯޓުންނެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފައި ކަމަށެވެ. އަދި މައްސަލަ ވަރަށް އަވަހަށް ޕީޖީ އޮފީހަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ މީހުން ހައްޔަރުކުރީ ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ ދެވަނަ ދުވަހު، މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށާއި އެގޮތުން އެމީހުން ހައްޔަރުކުރީ ބަދުއަހްލާގީ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އެ އޮޕަރޭޝަންގައި ހައްޔަރުކުރީ ބިދޭސީ ދެ އަންހެނަކާއި އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ.