ހޮނިހިރު ދުވަހު ހަވީރު ކުޅުނު މެޗުގައި ޔޫވީއާ ގްރީން އެއްވަރުވީ އެއް ލަނޑު އެއް ލަނޑުންނެވެ.
ގްރީން އަތުން މެޗުގެ ފަހު ވަގުތު ޔޫވީއަށް ލިބުނު ޕޮއިންޓަކީ ލީގުގައި އެ ޓީމަށް ލިބުނު ފުރަތަމަ ޕޮއިންޓެވެ.
ކުރިން ކުޅުނު ދެ މެޗުންވެސް ޔޫވީވަނީ ބޮޑު ތަފާތަކުން ބަލިވެފައެވެ. ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗުގައި ޔޫވީން ލަނޑު ޖަހައި އެއްވަރު ކުރީ މެޗުގެ ފަހުވަގުތު އަލީ ހައިޝަމްއެވެ.
މި މެޗުގައި ގްރީންގެ ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުން ބިދޭސީ ކުޅުންތެރިޔާ އެންހެލް މުނޯޒްއެވެ.
މިއަދުގެ ޕޮއިންޓަކީ ގްރީންއަށްވެސް ލީގުގައި ލިބުނު ފުރަތަމަ ޕޮއިންޓެވެ.