ads
ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ހާއްސަ ޖަލްސާގެ ތެރެއިން
ޝަރަފުވެރިކަމުގެ ގައުމީ އިނާމް 14 ބޭފުޅަކަށް ދެއްވައިފި
ޝަރަފުވެރިކަމުގެ ގައުމީ އިނާމު 14 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 24 ބޭފުޅަކަށް ދެއްވައިފިއެވެ.
Advertisement

މިބޭފުޅުންނަށް އިނާމު ދެއްވީ ގައުމީ އެއްބައިވަންތަކުގެ ދުވަހުގެ ހާއްސަ ޖަލްސާގައި މިރޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ. އެގޮތުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ޝަރަފުގެ އައްޑަނައާއި ޝަރަފުގެ ބެޖު އަދި، ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ހަނދާނީ ފިލާ ވަނީ އަރުވާފައެވެ. 

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަކީ:

1. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން:
އަލްފާލިލް މުހައްމަދު ރަޝީދު، މއ. ކޮޕީގެ
2. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން:
އަލްއުސްތާޒް އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު، މާޒީ، ލ. މާވަށް
3. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން:
އަލްމަރްހޫމް އަލްއުސްތާޒް މުހައްމަދު ވަހީދުގެ ހަނދާނަށް
4. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން:
އަލްފާލިލް އިބްރާހީމް ވަހީދު، ގ. ކަލާވެހި
5. ސިއްހީ ދާއިރާއިން:
ޑރ ނާއިލާ އިބްރާހީމް މުހައްމަދުދީދީ، ގ. ފެއިތު
6. މަސްވެރިކަމުގެ ދާއިރާއިން:
އަލްފާލިލް އަދުނާން އަލީ، ގ. އާސަމް
7. ފަތުރުވެރިކަމުގެ ދާއިރާއިން:
އަލްފާލިލް އަހުމަދު ސަލީމް، ހ. ގަދަމޫ
8. ދަނޑުވެރިކަމުގެ ދާއިރާއިން:
އަލްފާލިލް މުހައްމަދު ވަހީދު، އައްސޭރި، ށ. މަރޮށި
9. އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން:
އަލްފާސިލާ މަރްޔަމް ވަހީދާ، ހ. ދުނި
10. ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން:
އަލްފާލިލާ މުއުމިނާ އިބްރާހީމް، ހ. ނޫމާގެ
11. ކުޅިވަރުގެ ދާއިރާއިން:
އަލްފާލިލް މުހައްމަދު ސައީދު، ކުދިމާ، ގދ. ތިނަދޫ
12. ކުޅިވަރުގެ ދާއިރާއިން:
އަލްފާލިލް ހުސައިން ރަޝީދު ހަސަން، ގ. ހުދުރުވާގެ
13. ކުޅިވަރުގެ ދާއިރާއިން:
އަލްފާލިލް އަހުމަދު ލަތީފް، ހ. ސީވީޑް
14. ވިޒުއަލް އާޓްސްގެ ދާއިރާއިން:
އަލްފާލިލް މުހައްމަދު މަނިކު، ހ. ވަވޮއި

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި 14 ބޭފުޅުންގެ ތެރެއިން 6 ބޭފުޅުންނަކީ، މީގެކުރިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.

ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އެރުވި 24 ބޭފުޅުންނަކީ:

1. ކީރިތި ގުރްއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ގުރްއާނުގެ އިލްމުގެ ދާއިރާއިން؛ ކީރިތި ގުރްއާން އުނގަންނައިދިނުމުގެ ރޮނގުން:
އަލްގާރީ މައުސޫމް ސަލީމް، ޝަބްނަމްގެ، ކ. ކާށިދޫ
2. ކީރިތި ގުރްއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ގުރްއާނުގެ އިލްމުގެ ދާއިރާއިން؛ ކީރިތި ގުރްއާން އުނގަންނައިދިނުމުގެ ރޮނގުން:
އައްޝައިހް ޝަރަފުއްދީން އަލީ، ފަލާހީ، ރ. އަލިފުށި
3. ކީރިތި ގުރްއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ގުރްއާނުގެ އިލްމުގެ ދާއިރާއިން؛ ކީރިތި ގުރްއާން އުނގަންނައިދިނުމުގެ ރޮނގުން:
އަލްގާރީ އަބްދުﷲ އިމާދު، ގ. ޒަމާނީގުލްޝަން
4. އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދީނަށް ހިދުމަތްކުރުމާއި، ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން؛ ދީނީ ރޮނގުން ހިދުމަތްކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން:
ޑޮކްޓަރ ސައުދުﷲ އަލީ، އެއްގަމުގެ، ބ. ކެންދޫ
5. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހިބަހާއި ބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން:
ޑޮކްޓަރ އަޝްރަފް އަބްދުއްރަހީމް، ރޭނިގެ، ނ. ކުޑަފަރި
6. ގައުމީ ތަރިކައިގެ ދާއިރާއިން؛ ގައުމީ ތަރިކަ ރައްކައުތެރިކުރުމުގެ ރޮނގުން:
އަލްފާލިލް މުހައްމަދު ތާރިގް، ރަތްވިލާގެ، ނ. މަނަދޫ
7. ތައުލީމީ ދާއިރާއިން؛ އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށާއި މީހުންނަށް ތައުލީމު ފޯރުކޮށްދިނުމުގެ ރޮނގުން:
އަލްފާލިލް ހަސަން މުހައްމަދު، މއ. މާވަރު
8. ސިއްހީ ދާއިރާއިން؛ އާންމު ސިއްހަތު ކުރިއެރުވުމާއި، ސިއްހީ ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން:
ޑޮކްޓަރ ޖުމޭލާ ބޭގަމް، ގ. ނިލަންދޫ
9. ސިއްހީ ދާއިރާއިން؛ ސިއްހީ ދާއިރާ ތަރައްގީ ކުރުމުގެ ރޮނގުން:
ޑޮކްޓަރ މުހައްމަދު ސާލިހު، ކުއްޅަވައްގެ، ސ. ހުޅުދޫ
10. ސިއްހީ ދާއިރާއިން؛ ސިއްހީ ދާއިރާ ތަރައްގީ ކުރުމުގެ ރޮނގުން:
ޑޮކްޓަރ މުހައްމަދު ޝާފިއު، މ. ޕޯލްސްޓާ
11. އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން؛ ޒުވާނުންގެ ތަރައްގީއަށާއި، ޒުވާނުން ބިނާކުރުމަށާއި، ހިލޭސާބަހަށް މަސައްކަތް ކުރުމުގެ ރޮނގުން:
އަލްފާލިލް މައީދު މުހައްމަދު ޒާހިރު، މއ. ކިނާރާހައުސް
12. އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން؛ ޖަމާއަތަށް ފައިދާހުރި މަސައްކަތްތައް ކުރުމުގެ ރޮނގުން:
އަލްފާލިލް ސައުދުﷲ ހިލްމީ، ފަތިސް، ގދ. ތިނަދޫ
13. އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން؛ ޖަމާއަތަށް ފައިދާހުރި މަސައްކަތްތައް ކުރުމުގެ ރޮނގުން:
އަލްފާލިލް މުހައްމަދު މާޒިން، ވ. ނޯޗާންސް
14. ކުދިފަންތިއާއި، މެދުފަންތީގެ ވިޔަފާރީގެ ދާއިރާއިން؛ ފެހުމާއި ޖަރީކުރުމުގެ ރޮނގުން:
އަލްފާލިލް ހަސަން ހުސައިންފުޅު، އައިރިސްގެ، ރ. ކަނދޮޅުދޫ
15. ހެއާ އެންޑް ބިއުޓީގެ ދާއިރާއިން؛ މީހުން ބިނާކުރުމާއި މަސައްކަތް ކުރިއެރުވުމުގެ ރޮނގުން:
އަލްފާލިލާ ޝީޒާ އިމާދު، މ. ވޭލްޝާކް
16. ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން؛ ނޫސްވެރިކަން ކުރިއެރުވުމާއި، މައުލޫމާތު ފެތުރުމުގެ ރޮނގުން:
އަލްފާލިލް އަލީ ސަމްއާން، ފެހިވިލާގެ، ހއ. ކެލާ
17. ކުޅިވަރުގެ ދާއިރާއިން؛ މޫދު ކުޅިވަރު އާލާކޮށް ތަރައްގީ ކުރުމުގެ ރޮނގުން:
އަލްފާލިލް އަލީ ހުޝްރުވާން އަހްމަދު، ހ. މާކަރީހައުސް
18. ކުޅިވަރުގެ ދާއިރާއިން؛ މޫދު ކުޅިވަރު އާލާކޮށް ތަރައްގީ ކުރުމުގެ ރޮނގުން:
އަލްފާލިލް ޢަބްދުﷲ ޢަރީފް، ނެދުންގެ، ރ. ރަސްމާދޫ
19. ކުޅިވަރުގެ ދާއިރާއިން؛ މޫދު ކުޅިވަރު އާލާކޮށް ތަރައްޤީ ކުރުމުގެ ރޮނގުން:
އަލްފާލިލް އިބްރާހީމް ޙުސައިން، ގ. އޮއިވާލި
20. ކުޅިވަރުގެ ދާއިރާއިން؛ މީހުން ތަމްރީނު ކުރުމުގެ ރޮނގުން:
އަލްފާލިލް ޝުޖާޢު ސަލީމް، ހ. ރުމޭނިޔާ
21. ކުޅިވަރުގެ ދާއިރާއިން؛ މީހުން ތަމްރީނު ކުރުމުގެ ރޮނގުން:
އަލްފާލިލް ޔޫސުފް އަޡީމް، ހ. ފެއަރީޕެލަސް
22. ވިޒުއަލް އާޓްސްގެ ދާއިރާއިން؛ ފޮޓޯގްރަފީގެ ރޮނގުން:
އަލްފާލިލް އަލީ ނިޝާން، ގ. ކޫލްގްރާސް
23. ވިޒުއަލް އާޓްސްގެ ދާއިރާއިން؛ ފައިން އާޓްސް (ލިޔުމާއި، ކުރެހުމާއި، ފަރުމާކުރުން)ގެ ރޮނގުން:
އަލްފާލިލް ހުސައިން އިޙްފާލް އަޙްމަދު، ހ. ފްލޭޝް
24. ޒުވާނުންގެ ދާއިރާއިން؛ ހިލޭސާބަހަށް މަސައްކަތް ކުރުމާއި، މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމުގެ ރޮނގުން:
އަލްއުސްތާޒް އަލީ ރަޝީދު، ކުންނާރުގެ، ދ. ރިނބުދޫ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;