ads
އެއްބައިވަންތަކަމުގެ ދުވުމުގެ ތެރެއިން
އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމަށް ނިލަންދޫގައި ދުވުމެއް
ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ފ. ނިލަންދޫއަށް ނިސްްބަތްވާ ނިލަންދޫ ޔަންގް ޖެނެރޭޝަންގެ ފަރާތުން އެއްބައިވަންތަކަމުގެ ދުވުމެއް ބާއްވައިފިއެވެ. މި ދުވުން ތިން ކެޓަގަރީއަކަށް ބަހާލައިގެން ފ. ނިލަންދޫގައި އަދި މާލޭގައި ބާއްވާފައިވަނީ ހޮނިހިރު ދުވަހު ހަވީރުއެވެ.
Advertisement

އެއްބައިވަންތަކަމުގެ ދުވުމުގެ ނަމުގައި ބޭއްވި މި ދުވުން އޮތީ އެއް ކިލޯމީޓަރު، ތިން ކިލޯ މީޓަރު އަދި ފަސް ކިލޯމީޓަރު ކެޓަގަރީންނެވެ. އެއް ކިލޯމީޓަރުގެ ކެޓެގަރީ ހާއްސަކޮށްފައިވަނީ މައިގަނޑު ގޮތެއްގައި ތުއްތު ކުދިންނަށެވެ. މި ކެޓަގަރީގައި ބައިވެރިވި ކޮންމެ ތުއްތު ކުއްޖަކަށް ނިލަންދޫ ޔަންގް ޖެނެރޭޝަން- އެންވައިޖީގެ ފަރާތުން ހަދިޔާއެއް ދީފައިވެއެވެ. އެހެން ކެޓަގަރީތަކުން ވަނަ ހޯދި ފަރާތްތަކަށް އިނާމް ދީފައިވެއެވެ. ދުވުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށްވެސް މެޑަލް ދީފައިވެއެވެ. 

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނިލަންދޫގައި މި ދުވުން ބޭއްވި އިރު، މާލޭގައި ވަރޗުއަލްކޮށް ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި މާލޭގައިވެސް ބައެއް ބައިވެރިން މި ދުވުން ފުރިހަމަ ކުރިއެވެ. މާލޭގައި އަދި ނިލަންދޫގައި ވެސް މި ދުވުމުގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި ގިނަ އަދެއްގެ ތުއްތު ކުދިން ހިމެނެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް