ads
އަބްދުއްރަހީމް އަބްދުﷲ--
ގައުމު ދޫކޮށް ޔާމީން ފިލައިގެން ނުދާނެ: އަދުރޭ
ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ގައުމު ދޫކޮށް ފިއްލަވާނެ ބޭފުޅެެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށާއި އަދި ހުންނެވީ ވެސް ވަރަށް ސާބިތު ކަމާއެކު ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ކާނިވާ ސަރަހައްދުގައި ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި "ވިސްނާ" ޖަލްސާގައި ވާހަކަ ދައްކަވަމުން، އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ޖަލުގައި އޮންނަވާތާ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު، އެއް އަހަރުވެގެންދިޔައިރު އެ ދުވަހު ވަނީ އެމަނިކުފާނާ ވާހަކަ ދެއްކެވެމުގެ ފުރުސަތު ލިބިގެންގޮސްފައި ކަމަށެވެ. 

އެގޮތުން ވާހަކަ ދައްކަވަމުން، އެމަނިކުފާނުގެ ބޭސް ފަރުވާގެ ކަންކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަން ފެއްޓެވުމާއެކު ވަނީ ވާހަކަ ހުއްޓުވާއި، ވިދާޅުވީ "ތިމަންނައަކީ ގައުމު ދޫކޮށްފަ ފިލައިގެންދާނެ މީހެއް ނޫނޭ،" ކަމަށެވެ. އަދި އެމަނިކުފާނަށް ޖަލުގައި ހުންނަވަން ޖެހުނަސް ހުންނެވީ ވަރަށް ސާބިތުކަމާއެކު ކަމަށް ރައްޔިތުންނަށް ދެންނެވުމަށް ވެސް ރައީސް ޔާމީން ވިދާޅުވި ކަމަށް އަބްދުއްރަހީމް ވިދާޅުވެ އެވެ. 

"ދެން ވިދާޅުވީ ދިވެހި ގައުމުގެ މިނިވަންކަމަށް، ދިވެހި ގައުމަށް، ވަމުން މިދާ ގޮތާއި މެދު ކިހާ ވަރަކަށް ވިސްނަމުހެއްޔެ. ރާއްޖޭގެ އިގްތިސޯދު ވެެއްޓިގެން މިދާ ފުން ވަޅުގަނޑާ މެދު ހިޔާލު ކުރެވެނީ ކިހާ ވަރަކަށް ހެއްޔެވެ. ފަތުއަޑު ކިޔާފަ، ހިންގާ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައި ހުރީމަ، އެކަމާއި ގުޅިގެން ވަކާލަތު ކުރަނީ ކިހާ މިންވަރަކަށްތޯ ވިދާޅުވި...އެއީ ރައީސް ޔާމީނަކީ. އެއީ ރައީސް ޔާމީންގެ ފިކުރަކީ. އެއީ ގައުމު ދެކެ ލޯބިވާ ދިވެހި ދަރިންނަކީ،"

އޭގެ އިތުރުން، ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވަނީ ސަރުކާރުގެ ކަންކަން ހުރި ގޮތުން ވެސް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން މަސްވެރިންނާއި ޒުވާނުންނާއި މެދު ސަރުކާރުން އަމަލުކުރަމުން އަންނަ ގޮތާއި މެދު ހިތްހަމަޖެހިވަޑައި ނުގަނަވާ ވާހަކަ ދެއްކެވި އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް