ނިޔާވިއިރު އޭނާގެ އުމުރަކީ 65 އަހަރެވެ.
ކަށު ނަމާދު އޮތީ މިއަދު އަސުރު ނަމާދައްފަހު މާލޭ އާ ސަހަރާ މިސްކިތުގައެވެ.
ލަކުޑި ސޭޓަކީ ސިޔާސީ މައިދާނުގައި ވެސް ކެމްޕޭނުކުރުން ފަދަ ކަންކަމުގައި ވަރަށް ހަރަކާތްތެރިކޮށް އުޅުނު މީހެކެވެ.
އޭނާ އެންމެ ފުރަތަމަ ހުންނެވީ ޖުމްހޫރީ ޕާޓީގައެވެ.
ނަަމަވެސް ފަހުން 2018 ވަނަ އަހަރު އޭނާ ޕީޕީއެމާއި ގުޅިވަޑައިގަތެވެ.
އޭރު ޕީޕީއެމްއާއި ގުޅި ވަޑައިގަތް ނަމަވެސް، އެނާ ފަހުން ހުންނެވީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރެއްގެ ގޮތުގައެވެ.
ލަކުޑި ސޭޓަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ލަކުޑީގެ ވިޔަފާރި ކުރަމުން ދިޔަ މީހެކެވެ.