ކަރެކްޝަންސް އިން ބުނީ އޭނާއަކީ އެތަނުގެ ސަޕޯޓް ސާވިސް އޮފިސަރު 2 ގައި ހުރި މީހެއް ކަމަށެވެ.
އުމުރުން 50 އަހަރުގައި އާތިފާ ނިޔާވީ މިއަދުގެ ވަގުތެއްގައި ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.
ކަރެކްޝަންސް އިން ވަނީ މި ހިތާމަވެރި ވަގުތުގައި ކަރެކްޝަންސްގެ އޮފިސަރުންގެ ނަމުގައި އާއިލާއަށް ތައުޒިޔާ ފޮނުވާފަ އެވެ.