ads
ފޮޓޯ: ބީއެމްއެލް
ގްރީން ފައިނޭންސިންގެ ނަމުގައި ބީއެމްއެލް އިސްލާމިކުން ފެސިލިޓީއެއް ތައާރަފްކޮށްފި
ތިމާވެއްޓާއި ރައްޓެހި އިއާދަކުރުވަނިވި ޕްރޮޖެކްޓްތަކަށް ހާއްސަކޮށް ދައުލަތުގެ ބޭންކުން ބީއެމްއެލް އިސްލާމިކް އިން ގްރީން ފައިނޭންސިންގެ ނަމުގައި ފެސިލިޓީއެއް ތައާރަފްކޮށްފި އެވެ.

މިއަދު ގްރީން ފައިނޭންސިންގެ ނަމުގައި ބީއެމްއެލް އިސްލާމިކް އިން އަލަށް ތައާރަފްކުރި މި ފެސިލިޓީ އަކީ އިސްލާމިކް ބޭންކިންގައި ބޭނުންކުރާ މުރާބަހާ، ޑިމިނިޝިން މުޝާރަކާ، ވަކާލާ ބިލް އިސްތިޘްމާރުގެ އިތުރުން ސާވިސް އިޖާރާ އުސޫލުތަކުގެ ދަށުން ފޯރުކޮށްދެވޭ ހިދުމަތެއް ކަމަށް ބީއެމްއެލުން ބުނެއެވެ.

ވިޔަފާރިތަކަށާއި އާންމުންނަށްވެސް މި ފެސިލިޓީ ނެގޭއިރު، މި ފެސިލިޓީގެ ބޭނުންކޮށްގެން އިއާދަކުރުވަނިވި ހަކަތައާއި ސަމަކާރަ ޓެކްނޮލޮޖީއާއި ގުޅުން ހުރި މަސައްކަތްތަކަށް ޕްރޮޖެކްޓް ފައިނޭންސިންގެ ގޮތުގައި ބޭނުންކުރެވޭނެ އެވެ.

މި ފެސިލިޓީ ނަގާ ފަރާތްތަކަށް ބައި މިލިއަން ރުފިޔާ އިން ފެށިގެން ވިހި މިލިއަން ރުފިޔާ އާއި ހަމައަށް ފައިނޭންސިން ލިބޭއިރު، ފެސިލިޓީ ނަގާ ފަރާތުން ހަރަދުކުރަން ޖެހެނީ ޕްރޮޖެކްޓްގެ 15 އިންސައްތަ އެވެ. އަދި ފެސިލިޓީއަށް އަނބުރާ ފައިސާ ދައްކަން 20 އަހަރުގެ މުއްދަތެއް ލިބޭ އިރު، އެއަށްވުރެ އަވަހަށް ފައިސާ ދައްކަން ބޭނުންނަމަ، އެ އިހްތިޔާރުވެސް ފެސިލިޓީ ނަގާ ފަރާތަށް ލިބިގެންވާ ކަމަށް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލް އިސްލާމިކް ހިދުމަތްތައް ފަރުމާ ކުރެވިފައިވަނީ ޝަރުއީ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި، އިސްލާމިކް ބޭންކިން އާއި ގުޅޭ ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް ކަމަށް ބީއެމްއެލުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް