ads
ކްރިމިނަލް ކޯޓު----
މަނީ ލޯޑަރިންގެ ދައުވާ ކުރާ ސަން ކުންފުނީގެ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފި
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލައިގައި ސަން އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މަދާމާއަށް ތާވަލްކޮށްފި އެވެ.
Advertisement

އެ އަޑުއެހުން ތާވަލްކޮށްފައިވަނީ މާދަމާ ހެނދުނު 10:00 އަށެވެ. އެ މައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. 

އެ ދުވަހުގެ އަޑުއެހުމުގައި ދައުލަތުންވަނީ އެ ކުންފުނީގެ މަށްޗަށް ކުރާ ދައުވާގެ ހެކިންގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ނަން ހުށަހަޅައިފައެވެ.

ސަން ކުންފުނީގެ މައްޗަށް ދައުވާކުރަނީ ރ. ފުއްގިރި މައްސަލައިގަ އެވެ. އެގޮތުން ފުއްގިރު ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ފައިސާ ލޯންޑާކުރިކަމުގައި ބައިވެރިވިކަމުގެ ތުހުމަތު ކުންފުނީގެ މައްޗަށް ކުރި ނަމަވެސް އެ ކުންފުނިން ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. 

އެ މައްސަލައާ ގުޅިގެން 20 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުން ހެކިންގެ ގޮތުގައި ހުށަހެޅި ލިސްޓުގައި އަދީބާއި ޒިޔަތުގެ އިތުރުން ވެސް ބަޔަކު ހިމެނާފައިވާއިރު ސަން ކުންފުނިން ވަނީ ހެކި ހުށަހަޅަން އިތުރު ފުރުސަތެއް ދިނުމަށް އެދިފަ އެވެ. އެހެންވެ، މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް ވަނީ ހެކި ހުށަހަޅަން ފަސް ދުވަހުގެ މުއްދަތެއް ވެސް ދެއްވާފަ އެވެ.

ފުއްގިރި މައްސަލައިގައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކުންފުނީގެ މައްޗަށް ވެސް މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ކުރެ އެވެ. އެގޮތުން މިމަހުގެ 15 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ވަކީލް އަލީ އަބްދުއް ލަތީފް ވިދާޅުވީ ދައުލަތުން އެ ކުންފުންޏާއި ދެކޮޅަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާއަށް އިންކާރު ކުރާކަމަށެވެ. އެގޮތުން ވާހަކަދައްކަވަމުން ވިދާޅުވީ މިމައްސަލައިގައި އިތުރު ތިން ފަރާތެއްގެ މައްޗަށް ދައުވާ ކޮށްފައިވާ ކަމަށެވެ. އަދި މިމައްސަލައިގައި ދައުވާ ކޮށްފައިވާ އަހުމަދު ކްރިކް ރިސާ ގެނައި ފައިސާ އަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއްކަމަށް އެއްވެސް ކޯޓަކުން ކަނޑައަޅާފައި ނުވާ ކަމަށެވެ. އަދި މަނީ ލޯންޑްރިންގެ އަމަލެއް ހިނގާނަމަ ބޭންކްތަކުން ނެރޭ އެސްޓީއާރްވެސް މި މައްސަލައިގައި ނެތް ކަމަށް ވިދާޅުވި އެވެ. 

މައްސަލައިގައި ދައުލަތުން ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ދެކޮޅަށް ހުށަހަޅާ ހެކި ހާމަކުރުމަށް ފުރުސަތު ދިނުމުން ޕީޖީން ވަނީ ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ދެކޮޅަށް ހުށަހަޅާ 60 އަށްވުރެއް ގިނަ ހެކި ހާމަކޮށްފަ އެވެ. އެގޮތުން 15 މީހެއްގެ ހެކި ބަހާއި 50 ކިތާބީ ހެކި ދައުލަތުން ވަނީ ހުށަހަޅާފަ އެވެ. ދައުލަތުގެ ހެކިންގެ ގޮތުގައި ހުށަހެޅި ފަރާތްތަކުގެ ތެރޭގައި އެމްއެމްޕީއާރްސީގެ ހިޔާނާތަށް އިއުތިރާފްވެފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހިމެނެ އެވެ. 

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މީގެ ކުރިން ބުނެފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޟާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި އެއްމިލިއަން އެއްލައްކަ ސަތާރަހާސް ޑޮލަރު ހޯދައިފައިވާ ކަމަށެވެ. 

މީގެ އިތުރުން ރިޝްވަތުގެ ގޮތުގައި ހޯދައިފައިވާ ފައިސާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން ލޯންޑާ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށްވެސް ޕީޖީން ބުނެފައިވެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް