ads
ކޮވިޑް-19--
އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
އިނގިރޭސިވިލާތުން ރާއްޖެއަށް އައި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ޕޮޒިޓިވްވި މީހާއަކީ ކައިވެނި ކްލަސްޓާގެ އާއިލާއަކާއި ގުޅިފައިވާ މީހެއް ކަމަށެވެ. ނަމަވެސް އެ މީހާ ރާއްޖެ އައިސްފައި ވަނީ ކައިވެނި ހަފްލާގެ ފަހުން ކަމަށް އެޗްއީއޯސީން ވަނީ ބުނެފަ އެވެ.

އިނގިރޭސިވިލާތުން ރާއްޖެ އައި މީހާ އައީ އުސޫލުތަކާއި އެއްގޮތަށް ޕީސީއާރު ޓެސްޓު ހަދައިގެން ކަމަށާއި އެހެން ކަމުން އޭނާ ކަރަންޓީނު ނުވާ ކަމަށް އެޗްއީއޯސީން ބުނެ އެވެ.

އޭނާ ޕޮޒިޓިވްވެފައިވަނީ މާލެ އައި ފަހުން، ކޮވިޑްގެ އަލާމާތްތައް ފެނި، ޓެސްޓު ކުރުމުން ކަމަށް އެޗްއީއޯސީން ބުނެއެވެ. އަދި މިހާތަނަށް މި ކޭސް ކޮވިޑްގެ އާ ސްޓްރެއިންއާ އެއްވެސް ގުޅުމެއްވާ ކަން އެނގިފައި ނުވާ ކަމަށް ވަނީ ބުނެފަ އެވެ. 

ކޮވިޑްގެ އާ ސްޓެރެއިން އިނގިރޭސިވިލާތުން ފެނުނު ފަހުން މިއީ އެ ގައުމުން ރާއްޖެއަށް އައި މީހުންގެ ތެރެއިން ޕޮޒިޓިވްވި ފުރަތަމަ މީހާއެވެ.

އިނގިރޭސިވިލާތުގެ ސައިންސްވެރިން ބުނާ ގޮތުގައި އެގައުމުގައި ފެތުރޭ ކޮވިޑްގެ އާ ވޭރިއަންޓަކީ ކޮވިޑް-19 އަށްވުރެ ގާތްގަނޑަކަށް 70 ޕަސެންޓް ހަލުވިކަމާއެކު ފެތުރޭ ވައިރަހެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް