ads
ހިޔާ ފްލެޓްތައް--
ހިޔާ ފްލެޓްގެ ސިވިލްސަވިސް މުވައްޒަފުންނަށް ހާއްސަ ކެޓަގަރީގެ ވަގުތީ ލިސްޓު އާންމުކޮށްފި
ހިޔާ މަޝްރޫއުގެ ސިވިލްސާވިސް މުވައްޒަފުންނަށް ހާއްސަ ކެޓަގަރީ، ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން ދިރާސާކުރެއްވުމަށްފަހު މިއަދު ވަގުތީ ލިސްޓު އާންމުކޮށްފިއެވެ.
Advertisement

މި ލިސްޓު މިއުދު އާންމު ކޮއްފައިވާއިރު ލިސްޓް އެކުލަވާލެވިފައިވަނީ، މި ކެޓަގަރީއަށް ފޯމު ހުށަހެޅިއިރު ހުރި މިނިސްޓްރީތައް ވަކިވަކިން އެނގޭނެގޮތަށްކަމަށް ބުނެފައިވެއެވެ. 

މިހާރު އާ މިނިސްޓްރީތައް އުފެދި، މި ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން އެކި އިދާރާތަކަށް ބަދަލުވެފައިވީނަމަ ވެސް، ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން އެކުލަވާލާފައިވާ މި ލިސްޓުގައި، ކޮންމެ ފަރާތެއްވެސް ހިމެނިފައިވާނީ އެ ފަރާތެއް ފޯމު ހުށަހެޅި މިނިސްޓްރީއެއްގެ ދަށުންކަމަށް ބުނެފައިވެއެވެ.

 އެގޮތުން މި ލިސްޓުގައި ބޭނުންކޮށްފައިވާނީވެސް އޭރު މިނިސްޓްރީތަކަށް ކިޔަމުންދިޔަ ނަންތައް ކަމުގައި ރައީސް އޮފީހުން ބުނެއެވެ.

ސިވިލްސާވިސް ކެޓަގަރީއަށް ފޯމު ހުށަހެޅުމަށްފަހު ފޯމު ހުށަހެޅި ފަރާތް، ފްލެޓްގެ ތަޅުދަނޑި ލިބުމުގެ ކުރިން، ވަޒީފާއިން ވަކިވެފައިވާނަމަ އެ ފަރާތެއްގެ ފޯމު ބާތިލްވާނެކަމަށާއި، ފްލެޓް ލިބުމަށް ދެމަފިރިން ހޮވިއްޖެނަމަ، ހަވާލުކުރެވޭނީ 1 ފްލެޓް ކަމުގައި އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވަނީ ކަނޑައަޅުއްވާފައިކަމަށް ރައީސް އޮފީހުން ބުނެއެވެ.

ހިޔާ މަޝްރޫޢުގެ ސިވިލްސާވިސް މުވައްޒަފުންނަށް ހާއްސަ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، މިއަދު، 28 ޑިސެންބަރު 2020 އިން ފެށިގެން 3 ޖަނަވަރީ 2021 ގެ 15:00 ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މިގޮތުން https://hcp.presidency.gov.mv/ މެދުވެރިކޮށް މި ލިސްޓަށް ޝަކުވާ ހުށަހެޅުއްވުމަށް ވަނީ ދަންނަވާފައެވެ.

ހިޔާފުލެޓުން ސިވިލްސާވިސް މުވައްޒަފުންނަށް 1000 ފްލެޓް ދޫކުރުމަށް ވަނީ ހަމެޖެހިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް