ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އާސަންދައިގެ އިވެންޓެއްގެ ތެރެއިން
ފާމަސީތަކަށް އިންޒާރެއް: އާސަންދައިން ބޭސް ދޫނުކުރާ ނަމަ ފިޔަވަޅު އަޅާނަން
ބޭސް ހުރެމެ، އާސަންދައިން ދޫނުކޮށް އެ ވިއްކާ ނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފާމަސީތަކަށް އާސަންދަ ކުންފުނިން ދީފިއެވެ.
Advertisement

ފާމަސީތަކުގައި ބޭސް ހުންނައިރު އާސަންދައިން ދޫނުކޮށް އެ ވިއްކާ ނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އާސަންދަ ކުންފުނީގެ އިންޒާރު އައީ،  ބޭހުގެ މައްސަލައާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި އާސަންދަ ކުންފުނީގެ އެމްޑީ ދެއްކެވި ވާހަކައިގައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މެމްބަރެއްގެ ސުވާލަކާ ގުޅިގެން، އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވީ، ބޭހުގެ އަގުތަކަށް ގެނައި ބަދަލަށް ފަހު، އާސަންދައިން ބޭސް ހޯދަން ދިއުމުން ބޭސް ނުހުންނަ ކަމަށް ފާމަސީތަކުން ބުނާ ކަމަށެވެ. އެކަމަކު، އެ ފާމަސީއަށް ހަމަ އެ ބޭސް ގަންނަން ދިއުމުން ވިއްކާ މައްސަލަ ބޮޑު ކަމަށް ޒީނިޔާ ވިދާޅުވި އެވެ.

"ފާމަސީގެ އުސޫލެއް އޮވޭ އެންސްޕާއިން ކަނޑައަޅާފައި، ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން މި ނަގާ ފިޔަވަޅުތަކުގެ ތެރޭގައި ފާމަސީތަކަށް މަޖުބޫރުވާނެ އާސަންދައިގެ ދަށުގައި ހުރިއްޔާ އާސަންދައިގެ ތެރެއިން ހުރިހާ ބޭހެއް ދޭން. އެ ކަހަލަ ފިޔަވަޅުތަކެއް އަޅަން އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން ދަނީ އުސޫލު ބަދަލުކޮށްގެން،" ޒީނިޔާ ވިދާޅުވި އެވެ.

ޒީނިޔާ ވިދާޅުވީ ބޭސް ދޫކުރުމާ ގުޅޭގޮތުން ފާމަސީތަކުން އަމަލުކުރަންޖެހޭ އުސޫލެއް އެންސްޕާއިން ކަނޑައަޅާފައިވާ ކަމަށެވެ. އެ އުސޫލާ ފާމަސީތަކުން ހިލާފުވާތީ، އާސަންދައިން އަންނަނީ އެ އުސޫލު ރިވިއުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ބޭސްތަކަށް އާސަންދައިން ކަނޑައަޅާފައިވާ އަގު ކުޑަކުރުމުން، ފާމަސީތަކުން ބޭސް ލިބުމުގައި ވަރަށް ބޮޑު ގޮންޖެހުންތައް ދިމާވި އެވެ. އެއީ ބައެއް ބޭސްތައް ރާއްޖެ ގެނައުން ހުއްޓާލުމާއި ލިބެން ހުރި ބޭސްތައް ވެސް އެކި ސަބަބުތައް ދައްކައި އާސަންދަ އިން ދޫކުރުން އަމިއްލަ ބޭސް ފިހާރަތަކުން ހުއްޓާލުމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް