ads
ނައިބު ރައީސް
ނައިބު ރައީސް ދެކުނުގައި އަވަށްޓެރި ފުލުހުންގެ ހިދުމަތް ފައްޓްވައިދެއްވައިފި
ނައިބު ރައީސް ފައިސަލް ނަސީމް ދިވެހި ފުލުހުންގެ ހިދުމަތުގެ "އަޕާ ސައުތު ޕޮލިސް" ގައި އަވަށްޓެރި ފުލުހުންގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ.

އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ދިވެހި ރައްޔިތުންނަށް އަމާން ވެއްޓެއް ގާއިމުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަރަށް ބޮޑު ސަމާލުކަމެއް އަދި އިސްކަމެއް ދެއްވާ ކަމެއްކަމަށާއި ފުލުހުންގެ ހިދުމަތް ކުރިއަށްވުރެ ހަރުދަނާކޮށް، އެއީ ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދޭ ހިދުމަތަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ މިހާރު ފެންނަމުންދާ ކަމުގައި ނައީބް ރައީސް ވިދާޅުވިއެވެ. 

މީގެ އިތުރުން ކޮވިޑް-19ގެ ހާލަތުގައި ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ދިވެހި ފުލުހުން ކޮށްފައިވާ، އަދި މިހާރު ވެސް ކުރައްވަމުން ގެންދަވާ، މަސައްކަތް ފާހަގަކުރައްވާ، ހުރިހާ ފުލުހުންނަށް އެ މަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

your imageނައިބު ރައީސް "އަޕަރ ސައުތު ޕޮލިސް"ގައި އަވަށްޓެރި ފުލުހުންގެ ހިދުމަތް ފައްޓަވައިދެއްވުން؛؛ފޮޓޯ--ރައީސް އޮފީސް

އަޕަރް ސައުތު ޕޮލިސް ގައި އަވަށްޓެރި ފުލުހުންގެ ހިދުމަތް ފައްޓަވައިދެއްވުމަށްފަހު އެ ކަން ފާހަގަކުރުމުގެ ގޮތުން ފުލުހުންގެ އިދާރާއިން ގއ. އަދި ގދ. އަތޮޅުގެ ރައްޔިތުންނަށް އަރުވާ ހަނދާނީ ފިލާ އެ ދެ އަތޮޅުގެ ކައުންސިލާ ނައިބު ރައީސް ވަނީ ހަވާލުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިލިނގިއްޔަށް ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ދަތުރުފުޅުގައި، މިއަދު މެންދުރު ގއ. އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާ، ކޮވިޑް-19 އާ ގުޅިގެން ތައްޔާރުކޮށްފައިވާ އިންތިޒާމުތަކާ ގުޅޭ މައުލޫމާތު ވެސް ވަނީ ސާފުކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް