ads
އަހްމަދު ނިހާން ހުސައިން މަނިކު
ނިހާންގެ މައްޗަށް އަޅާ ފިޔަވަޅު މި ހަފްތާގައި އާންމުކުރާނެ: ޕީޖީ
މޯލްޑިވްސް މާކެޓިން އެންޑް ޕަބަލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ހިޔާނާތުގެ މައްސަލަ އާއި ގުޅިގެން ރައްޔިތުން ގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް އަޅާ ފިޔަވަޅު މި ހަފްތާގައި އާންމުކުރާނެ ކަމަށް ޕީޖީ އިން ބުނެފިއެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިސަރު އަހުމަދު ޝަފީއު ސީއެންއެމްއަށް މައުލޫމާތު ދެމުން ވިދާޅުވީ ޕީޖީ އޮފީހުން ނިހާންގެ މައްޗަށް އުފުލައިވައިވާ ދައުވާގައި އަޅާ ފިޔަވަޅު މި ހަފްތާގައި އާންމު ކުރާނޭކަމަށެވެ.

ނިހާންގެ މައްޗަށް ޕީޖީއިން ތުހުމަތު ކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލޯންޑާ ކުރުމުގައި ބައިވެރިވުމާއި އެފައިސާއިން ރިޝްވަތު ހިފުމުގެ ތުހުމަތެވެ.

ނިހާންގެ މައްޗަށް ދައުވާކުރުމަށް ޕީޖީއަށް ފޮނުވާފައި ވާއިރު އޭނާ ރާއްޖެއިން ފުރުން މަނާކޮށް،ނިހާންގެ ޕާސްޕޯޓް ވަނީ ހިފައްޓާފައެވެ. ނިހާންގެ ޕާސްޕޯޓް ހިފެހެއްޓުމަށްޓަކައި ނެރުނު ކޯޓު އަމުރުގައި ވާގޮތުން، އޭނާ ރާއްޖެއިން ބޭރަށް ފިލައިގެންދާން އުޅޭ ކަމަށް ފުލުހުން ތުހުމަތުކޮށްފައި ވެއެވެ.  

މި މައްސަލައިގައި ނިހާންގެ ކޮމެންޓެށް ހޯދަން ގުޅުމުން އޭނާ ވަނީ އެއްވެސް ޖަވާބެށްނުދީ ފޯނު ކަޑާލާފައެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ގިނަ މެމްބަރުންތަކަކަށް ލިބުނު ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އެގޮތުން ހިޔާނާތުގެ ފައިސާއިން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެމްބަރަކާއި މިހާރުގެ 16 މެމްބަރަކަށް މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެއެވެ. 

ބޮޑުހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި އޮންނަވާއިރު އެކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރި ދައުވާތައް ސާބިތުވެ ދެބޭފުޅުންގެ މައްޗަށް ވެސް ވަނީ ހުކުމް ކޮށްފައެވެ. 

50%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް