ads
އުފާ--
އެމްޑީއެން އިން ދީނަށް ފުރައްސާރަކުރަން އެދުނު: އުފާ
ދިވެހި ދައުލަތުގެ އިސް ބޭފުޅުންތަކެއް ދީނަށް ފުރައްސާރަކުރަން އެދުނުމަށް ރާއްޖޭގައި ދީނީ މިނިވަން ކަން ދިނުމަށް އަޑުފުލައި ސޯސަލް މީޑިއާގައި ކެމްޕޭން ކުރާ އުފާ ފަހްމީ، ތުހުމަތުތަކެއްކޮށްފި އެވެ.

މި ދިޔަ ހަފްތާގައި އުފާ އާންމުކުރި ވީޑިއޯގައި އޭނާ ވަނީ މިދިޔަ އަހަރުގެ ތެރޭގައި އޭނާގެ އަތުން ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފޭސްބުކްގައި އިސްލާމްދީނަށް ފުރައްސާރަކޮށް، "ޖުހާ" އަދި އިތުރު ޕޭޖުތަކެއް ހިންގާ ކަމުގެ ތުހުމަތުގަ ކަމަށް ބުނެފަ އެވެ. 

އެ ތުހުމަތުތައް ދޮގުކޮށް އުފާ ބުނީ، އެ އަތުލިތާ މިހާރު އަހަރެއް ފާއިތުވެގެންގޮސްފައިވާއިރު އަދިވެސް އޭނާއަށް އެ ސާމާނު އަނބުރާ ނުލިބޭ ކަމަށެވެ. އުފާ ބުނި ގޮތުގައި އޭނާއަށް އެ ތަކެތި އަނބުރާ ލިބިފައި ނުވަނީ ދީނަށް ފުރައްސާރަކޮށް ވީޑިއޯ ނުހަދައިގެންނެވެ. 

އެގޮތުން މީގެ ކުރިން އިސްލާމްދީނަށް ދީނަށް ފުރައްސާރަކޮށް ރިޕޯޓެއް ނެރުނު އެމްޑީއެން އިން އޭނާއަށް ގުޅައި، މާތްﷲ އާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފިނަމަ ހިމާޔަތް ހޯދައިދީ، އޭނާގެ ސާމާނު ވެސް އަނބުރާ ހޯދައިދޭނެ ކަމަށް ބުނި ކަމަށެވެ. މި ތުހުމަތުތަކާއި ގުޅިގެން އެމްޑީއެންއާއި ސުވާލު ކުރުމުން އަދި ޖަވާބެއް ނުލިބެއެވެ. 

އުފާ ވަނީ އެމްޑީއެން އިން އޭނާ ތައިލެންޑަށް ގެންދިޔަ ކަމަށާއި އެގޮތުން އެތަނުގައި ތިބީ ރައީސް މުހައްމަދު ނަޝީދުގެ ސްޓާފުން ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ. އަދި އުފާ ވަނީ އެމްޑީއެންގެ އިސްވެރިންނަކީ ކޮމޮޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ނަޝީދު ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ. އުފާ ބުނާ ގޮތުންނަމަ، އެމްއެންޑީއެންގެ އިސް ވެރިއެއް ކަމަށް ބުނަމުންދާ ޝަހިންދާ އިސްމާއިލްއަކީ އެތަނުގެ މަސައްކަތު މީހެކެވެ. 

މި ތުހުމަތުތަކާއި ރައްޔިތުންގެ އިއްތިހާދުގެ ފަރާތުން ވަނީ ފުލުހުންނަށް އުފާގެ ތުހުމަތު ތަކާއި ގުޅިގެން ސިޓީއެއް ވެސް ފޮނުވާފައެވެ. އެ ސިޓީއާއި ގުޅިގެން ފުލުހުންގެ ކޮމެންޓެއް ހޯދުމަށް ފުލުހުންނަށް ގުޅުމުން ވިދާޅުވީ ޖަވާބެއް ދެއްވާނެކަމަށެވެ.

ސިޓީގައި ބުނެފައިވަނީ އުފާގެ ވާހަކަ ތަކުގެ ތެރޭގައި އެވާހަކަތަކުގެ ތެރޭގައި، އެމް.ޑީ.އެން ގައި ފުލުހުންގެ މުއައްސަސާގެ އެންމެ އިސް ފަރާތް ކަމުގައިވާ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ރައްޔިތުންގެ މަޖްލީހުގެ ރައީސްކަމުގެ މަޤާމު މިވަގުތު ފުރަމުން ދާ ގ. ކެނެރީގެ މުހައްމަދު ނަޝީދުގެ ވަރަށް އިސް ދައުރެއް އޮންނަކަމަށާއި، މާތް ﷲ އަށާއި ލޮބުވެތި މާތް ނަބިއްޔާ صلى الله عليه وسلم އަށް ފުރައްސާކޮށް ވީޑިއޯ ހެދުމަށް އެ ދެ ފަރާތުން އަޑީގައި ތިބެގެން އުފާ ކައިރީގައި އެދުނު ކަމަށް ބަޔާންކޮށްފައިވާކަމަށެވެ.

"މިފަދަ ހައްސާސް ތުހުމަތުތަކެއް ދަޥްލަތުގެ އެފަދަ އިސް މަޤާމުތަކެއްގަައި ތިބި ފަރާތްތަކެއްގެ މައްޗަށް ކުރެވުނު ހިނދު، ރައްޔިތުންގެ އިއްތިހަދުން މަނިކުފާނުގެ އަރިހުން މިއެދެނީ މި މައްސަލައަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން މިހިނދުން މިހިނދަށް ތަޙްޤީޤުކޮށް މައްސަލަ ބައްލަވައި ދެއްވުމަށް. އަދި މި މައްސަލައިގެ ބާވަތުންނާއި އެ ދެ ފަރާތުގެ މަޤާމާއި ޙައިސިއްޔަތުގެ ގޮތުން އެ ދެ ފަރާތުގެ ނުފޫޒުގެ އަސަރު ފޯރުމުގެ ފުރުޞަތު ތަނަވަސްކަމުން، މިވަގުތު މަޤާމާއި މަސްއޫލިއްޔަތުން އެއްފަރާތް ކުރެވިގެން ދާނެ ފަދަ ގޮތަކަށް އެ ދެ ފަރާތް އެކަހެރިކޮށްދެއްވުމަށް،" - ސިޓީ-

އެ ސިޓީގެ ކޮޕީއެއް ވަނީ މީޑިއާތަކަށާއި ރައީސް އޮފީހަށް ވެސް ފޮނުވާފައެވެ. 

23%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
23%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް