ads
އެޗްޑީސީ އިން ގުރުއަތުލަނީ-- ފޮޓޯ-- އެޗްޑީސީ
ހުޅުމާލޭގައި ދަނޑު ހެއްދުމުގެ ފުރުސަތު 16 ގްރޫޕަކަށް ލިބިއްޖެ
ކާބޯތަކެތީގެ ރައްކާތެރިކަމަށް ހުޅުމާލޭގައި ފެށުމަށް ހަމަޖެހިފައިވާ ރަށްވެހި ދަނޑުވެރިކަމުގެ މަޝްރޫއަށް ދޫކުރާ ބިމަށް 16 ގްރޫޕެއް ގުރުއަތުން ހޮވައިފި އެވެ.

ހުޅުމާލޭގެ ގާޒީ ސްކޫލުގައި އިއްޔެ ބޭއްވި ހާއްސަ ގުރުނެގުމުގެ ރަސްމިއްޔާތުގައި ތިން ގިންތިއަކުން މީހުން ހޮވާފައި ވަނީ ތިން ދަނޑުވެރިން ހިމެނޭ 16 ގްރޫޕެއްގެ ގޮތުގަ އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އާބަން ފާމިން ޕްރޮޖެކްޓު ބަހާލާފައި ވަނީ ތިން ބަޔަކަށެވެ. އެއީ އަންހެނުންނަށް ހާއްސަ ބަޔަކާއި ޒުވާނުންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ބައިގެ އިތުރުން އާންމުންގެ ބައެވެ.

އެޗްޑީސީ އިން 19.88 އަކަފޫޓުގެ 16 ޕްލޮޓެއް ދޫކުރުމަށް ނިންމި އިރު އެ ފުރުސަތުގައި 393 ފަރާތެއް ކުރިމަތިލާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ. އެއީ އަންހެނުންގެ ކެޓަގަރީއަށް 168 ފަރާތަކާއި ޒުވާނުންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ކެޓަގަރީއަށް 78 ފަރާތެކެވެ. އޭގެ އިތުރުން އާންމުންގެ ބައިން 147 ފަރާތެއް ވަނީ ފޯމު ހުށަހަޅާފައި ކަމަށް އެޗްޑީސީ އިން ބުނެ އެވެ.

އެހެންކަމުން އަންހެނުންގެ ކެޓަގަރީއަށް ހަ ގްރޫޕެއް ހޮވާފައިވާއިރު އަނެއް ދެ ކެޓަގަރީން ކޮންމެ ކެޓަގަރީއަކަށް ވަނީ ފަސް ގްރޫޕެއް ހޮވާފަ އެވެ. އަދި ކޮންމެ ކެޓަގަރީއަކުން އިތުރު ތިން ގްރޫޕެއް ވަނީ ވެއިޓިން ލިސްޓަށް ހޮވާފަ އެވެ.

your imageއެޗްޑީސީ އިން ގުރުއަތުލަނީ-- ފޮޓޯ-- އެޗްޑީސީ

އެޗްޑީސީ އިން ބުނެފައި ވަނީ އެ ޕްރޮގްރާމަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ގިނަ ސްޓްރެޓެޖީތަކާ ގުޅިފައިވާ ޕްރޮގްރާމެއް ކަމަށާއި އެގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ދަނޑުވެރިކަމުގެ ސެކްޓާ އަދި ނޫ އިގްތިސޯދާ އެ ޕްރޮގްރާމް ގުޅޭ ކަމަށް އެޗްޑީސީއިން ފާހަގަކޮށްފައިވެ އެވެ.

އެ ޕްރޮގްރާމުން ތައުލީމީ ސެކްޓަރުގެ ޓިވެޓް އާއި ތަމްރީނުކުރުމުގެ އިތުރު ޕްރޮގްރާމްތައް އިންޓަގްރޭޓް ކުރާނެ ކަމަށް އެޗްޑީސީއިން ބުނެފައިވެ އެވެ.

އެ ޕްރޮގްރާމް އެންމެ ފުރަތަމަ ރާވާފައިވަނީ ޕާކެއްގެ ގޮތުގައި ތަރައްގީ ކުރުމަށެވެ. އެހެން ނަމަވެސް ހުޅުމާލޭގެ އާންމުންގެ ފަރާތުން އޮތް ޝައުގުވެރިކަން އިތުރުވުމުގެ ސަބަބުން ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ބިން ވަނީ އެއްވަރަކަށް ބެހުމަށްފަހު އާބަން ދަނޑުވެރިކަމަށް ހާއްސަކޮށްފައި ކަމަށް އެޗްޑީސީއިން ބުންޏެވެ.

އެޗްޑީސީއިން ބުނީ އެއްވަރަކަށް ބިން ބެހުމަށް ފަހު އާންމުނަށް ދިނުމަށް ނިންމާފައިވާއިރު އެ ސަރަހައްދުގައި އެ ފަރާތްތަކަށް ތާޒާ މޭވާ އާއި ތަރުކާރީ ފަދަ ތަކެތު ހެއްދުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. ޖުމްލަ 600 އަކަ ފޫޓުގެ އިތުރުން އެ ސަރަހައްދުގައި ޓޫލް ޝެޑަކާއި މިނީ ސްޓޯރޭޖް ތަނެއްގެ އިތުރުން އިންކިއުބޭޓާ ޝެޑަކާއި ޕަބްލިކް ފާހާނަ އަދި ފާޓިލައިޒާ ފިހާރައެއް ވެސް ހުންނާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް