އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭއިން) ބުނީ ބ. ދިގުފަރުން ގަވައިދާއި ހިލާފަށް ގިނަ އަދަދެއްގެ ވެލި ނެގުމުގެ ސަބަބުން ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާ ވަނީ ޖޫރިމަނާކޮށްފައި ކަމަށާއި ވިލާ ޝިޕިންގް އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގަމުން އަންނަ ރޯޔަލް އައިލެންޑް ރިޒޯޓަށް، އެކަން ހުއްޓުމަށް އެންގުމުން ވެސް މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އީޕީއޭއިން މައުލޫމާތު ދޭ ގޮތުގައި އެ ރިސޯޓް ޖޫރިމަނާކުރީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ޤާނޫނުގެ ދަށުން 83750 ރުފިޔާއަށެވެ. މި ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި އީޕީއޭއަށް ދެއްކުމަށް ވެސް އެ ކުންފުންޏަށް ވަނީ އަންގާފަ އެވެ.