ފުލުހުން ބުނީ މަޑުއްވަރީގައި ރޭ، ފުލުހުންގެ އިންޓެލިޖެންސާއި މަޑުއްވަރީގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން އެރަށުގައި ހިންގި އޮޕަރޭޝަނެއްގައި އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެރަށު ބަނދަރު ސަރަހައްދުން އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު ބޮގަރުކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 500 އެމްއެލްގެ ފުޅިއެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މީގެއިތުރުން ފުލުހުން ބުނީ މިމަހުގެ 26 ވަނަ ދުވަހު ވިލުފުށިން އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ ހައްޔަރުކުރީ އެރަށުން، އަތޮޅު ވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ.
އަދި ވިލުފުށި ބަނދަރުމަތިން އެމީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރިި ދެ ސެލޯފިންކޮޅު ފެނިފައިވާ ކަމަށާއި، މި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވިލުފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތިދެއެވެ.