ads
އަހްމަދު ނިހާން ހުސައިން މަނިކު
ނިހާންގެ މައްޗަށް ހަ ދައުވާއެއް ކޮށްފި
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ހަ ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓަށް އެ މައްސަލަ ފޮނުވައިފި އެވެ.

ނިހާންގެ މައްޗަށް އުފުލާފައިވާ 6 ދައުވާއަކީ

1- ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުންނާއި، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު ގެ 24 ވަނަ މާއްދާގެ (ހ) ގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ. 

2- މަނީ ލޯންޑްރިންގް އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާއި އެ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރާ ހަވާލާދީ، އެ ގާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުންނާއި، އެ ގާނޫނުގެ 62 ވަނަ މާއްދާ (ހ) ގެ 1 ވަނަ ނަންބަރާއި، 3 ވަނަ ނަންބަރާއި، 6 ވަނަ ނަންބަރާއި، 7 ވަނަ ނަންބަރުގެ ދަށުން މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ.

3- ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދައުވާ. 

4- ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުންނާއި، އެ ގާނޫނުގެ 24 ވަނަ މާއްދާގެ (ހ) ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ. 

5- ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދައުވާ. 

6- ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުންނާއި، އެ ގާނޫނުގެ 24 ވަނަ މާއްދާގެ (ހ) ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ. 

ޕީޖީ އޮފީހުން ބުނީ، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމެޓީގެ މުގައްރިރުގެ މަގާމުގައި ހުރިއިރު، ނިހާން މަގާމުގެ ހައިސިއްޔަތުން އަދާ ކުރަންޖެހޭ މަސްއޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުގާބިލުގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގާތު ރިޝްވަތަށް އެދި، އަދި އަދީބު ދީފައިވާ ރިޝްވަތު ހިފައި، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި، އެ ފައިސާ ބޭނުންކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ. 

އަދި ނިހާން އަށް ލިބިފައިވާ މި ފަދަ އެއްވެސް ފައިސާއެއް ލިބުނުކަން އޭނާ 2014 އިން ފެށިގެން 2019 އާ ދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައިނުވާ ކަމަށާއި. މި މައްސަލާގައި އުފުލާފައިވާ ދައުވާތަކާ ގުޅިގެން އޭނާ ކުށްކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއާ އެއްކޮށްފައިވާ މުދާ އަދި ފައިސާ ދައުލަތަށް ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށްވެސް ޕީޖީ އޮފީހުންވަނީ ބުނެފައެވެ، 

ބޮޑު ހިޔާނާތުގެ މައްސަލާގައި ނިހާންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. އޭގެ އެއްދުވަސް ކުރިން އޭނާގެ މާސްޕޯޓް ހިފެހެއްޓިއިރު، ކޯޓުއަމުރުގައި ވާގޮތުން ފުލުހުންވަނީ އޭނާ ރާއްޖެއިން ބޭރަށް ފިލައިގެން ދާން އުޅޭކަމަށް ތުހުމަތުކޮށްފައެވެ. 

ނިހާންގެ މައްޗަށް ކުރަނީ އެމްއެމްޕީއާރުސީ ހިނާޔާނުގެ ފައިސާ ލޯންޑާ ކުރުމުގައި ބައިވެރިވިކަމުގެ ތުހުމަތާއި އެފައިސާއިން ރިޝްވަތު ނެގިކަމުގެ ތުހުމަތެވެ. މިމައްސަލާގައި މީގެކުރިން އޭނާވަނީ އެސެޓް ރިކަވަރީ ކޮމިޝަނަށް ހާޒިރުކޮށް ސުވާލުވެސް ކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް