ads
ފުލުހުން މިއަދު ހެނދުނު މަސްތުވާތަކެތި ނައްތާލަނީ --- ފޮޓޯ: ޕޮލިސް
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 203 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފި
އެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތީގެ ތެރެއިން 203 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިތަކެތި ނައްތާލާފައިވަނީ މިއަދު ހެނދުނު ދޫނިދޫގައި ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށް ގެންދިޔަ ވަގުތު މީޑިއާ އަދި އޮބްޒާވަރުންނަށް ބައިވެރި ވުމުގެ ފުރުސަތު ދިން ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން މިއަދު މަސްތުވާތަކެތި ނައްތާލި ވަގުތު އޮބްޒާވަރުންގެ ގޮތުގައި ހަތަރު މީހަކު ބައިވެރިވެފައިވާ ކަމަށާއި، އޮބްޒާވަރުންގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ އިތުރުން އޮބްޒާވަރުން ދެއްކި މަސްތުވާތަކެތިން ސާމްޕަލް ނަގައި ޓެސްޓް ކުރުމަށްފަހު، އެތަކެތީގެ ބާވަތް ބުނެދީފައިވާނެ ކަމަށް ފުލުހުން ބުނެއެވެ.

މިއަދު ނައްތާލި މަސްތުވާތަކެތީގެ ތެރޭ، މިއަހަރު ސެޕްޓެމްބަރު މަހު އަށް ވަނަ ދުވަހު ޑާކާ މަގުން ރާއްޖެއައި ބަންގްލަދޭޝް ރައްޔިތެއްގެ އަތުން ފެނިފައިވާ 3 ކިލޯ 800 ގްރާމް މަސްތުވާތަކެތި، އޮކްޓޫބަރު މަހު އެއްވަނަ ދުވަހު ސ. ހިތަދޫ، ފިނިފަރު، އަބްދުﷲ އިބްރާހީމް އާއި އިތުރު ބަޔަކު ބައިވެރިގެން ރާއްޖެ އެތެރެކުރި 79 ކިލޯގެ މަސްތުވަތަކެތި އަދި އޮކްޓޫބަރު 12 ވަނަ ދުވަހު ގއ.ވިލިނގިލީ، ލައިޓްހައުސް، ޝަހީބް އިބްރާހީމް އިތުރު ބަޔާކައި ބައިވެރިވެގެން ރާއްޖެ އެތެރެކޮށްފައިވާ 120 ކިލޯގެ މަސްތުވާތަކެތި ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.

އަދި ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 65 އެވިޑެންސް ކަމަށް ފުލުހުން ބުނެއެވެ. އެއީ 224 ރަބަރު ޕެކެޓު، 15،8188.7000 ގްރާމްގެ ހެރޮއިން، 3788.4000 ގްރާމްގެ ކެނަބިސް، 41090.6000 ގްރާމްގެ މެޓަމްޕެޓަމިން ރެސިމޭޓްގެ އިތުރުން އެހެނިހެން 41 އައިޓެމް ކަމަށް ފުލުހުން ބުނެއެވެ. މިއަދު ނައްތާލި މަސްތުވާތަކެތީގެ ބަރުދަނަކީ 203.07 ކިލޯގްރާމް ކަމަށާއި، މިތަކެތީގެ މަގުމަތީ އަދަދު 203،123،830.00 ރުފިޔާއަށް އަރާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި ތަކެތި ނައްތާލާފައިވަނީ މަސްތުވާތަކެއްޗާއި ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ޕީޖީން އެކުލަވާ ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް