މިއަދު އުޒްބެކިސްތާން އެއާވޭސް އިން ރާއްޖެއަށް ދަތުރުތައް ފަށާފައިވާ އިރު، އެ އެއާލައިނުން ހަފްތާއަކު އެއްފަހަރު ތަޝްކެންތް އިންޓަނޭޝަނަލް އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެ އެވެ.
މިއަދު އައި އުޒްބެކިސްތާން އެއާވޭސްގެ ފްލައިޓުން 266 ފަސިންޖަރުން ރާއްޖެއަށް އައިސްފައިވާ ކަމަށް އެމްއޭސީއެލުން މައުލޫމާތުދެ އެވެ.
ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް ގިނަ އެއާލައިންތަކުން ދަތުރުތައް ފަށާފައިވާ އިރު، މިހާރު 19 އަށް ވުރެ ގިނަ އެއާލައިނުން ރާއްޖެއަށް ދަތުރުކުރެ އެވެ. އަދި ބައެއް އެއާލައިންތަކުން އަންނަނީ ރާއްޖެއަށް އޮންނަ ދަތުރުތަކަށް ޑިމާންޑް ބޮޑުވުމުގެ ސަބަބުން އިތުރު ދަތުރުތައް ބާއްވަމުންނެވެ.