ads
ޑރ. ޖަމީލް--
ރައްޔިތުން ހުރަސް އަޅަނީ ކޮރަޕްޝަނަށް، ތަރައްގީއަކަށް ނޫން: ޑރ ޖަމީލް
ރައްޔިތުން ހުރަސް އަޅަނީ ތަރައްގީއަކަށް ނޫން ކަމަށާއި، ހުރަސް އަޅަނީ ހަމައެކަނި ކޮރަޕްޝަނަށް ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއަށް ފާޑުވިދާޅުވެއްޖެ އެވެ.

ޖަމީލް މިމޭރުމުން ނައިބު ރައީސްއަށް ރައްދުދެއްވީ، ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބާގައި ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ހިޔާލުތަފާތުވިޔަސް ރަށަށާއި ގައުމަށް އަންނަ ތަރައްގީއަށް ހުރަސްއަޅާ ބަޔަކަށް ނުވުމަށް ނައިބު ރައީސް ގޮވާލެއްވުމުންނެވެ. 

މި ޖަލްސާގައި ނައިބު ރައިސް ވިދާޅުވީ، ހިޔާލު ތަފާތުވާން ޖެހޭނީ ބޭނުމަކު ކަމަށާއި އެއީ އެނޫން މޮޅު ގޮތެއް ހޯދުމަށްޓަކައި ކަމަށެވެ. ނަމަވެސް ރަށާއި އަތޮޅާއި ގައުމަށް ކުރެވޭ ކޮންމެ ރަނގަޅު ކަމެއްގައި ދެކޮޅު ހެދުމަކީވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އަނިޔާވެރިކަމަށް ހިތްވަރު ދިނުމަކީ ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. 

މިވާހަކަފުޅަށް ރައްދުދެއްވަމުން ޑރ. ޖަމީލް ވަނީ، ރައްޔިތުންނަށް ފެންނަންހުރި ކަންތައްތަކުގައި އޮޅުވާނުލެއްވުމަށް ގޮވާލައްވާފައެވެ. އެގޮތުން ޖަމީލް ވިދާޅުވީ އެއްވެސް ބަޔަކު ބްރިޖު ކައިރީގައި ގަސްޖަހާކަށް ދެކޮޅެއް ނުހަދާ ކަމަށާއި، އެސްޓީއޯ އިމާރާތެއްގެ ނަން ބަދަލުކުރުމުން އިހުތިޖާޖު ނުކުރާ ކަމަށާއި، ޒުވާނުންނަށް އަމިއްލަ ބޭންކު ކާޑުން ވިޔަފާރި ނުކުރެވޭއިރުވެސް ހުރަހެއް ނާޅާ ކަމަށެވެ. 

އަދި އިތުރު ތަރައްގީއަކަށް ފެންނަނީ ކޮރަޕްޝަން ކަމަށް ވިދާޅުވެ ރައްދު ދެއްވަމުން ޖަމީލް ވިދާޅުވީ އެކަމަށް ކިތަންމެ ނުރުހުނު ކަމަށްވިޔަސް ރައްޔިތުން ހުރަސްއަޅާނެ ކަމަށެވެ. 

ޖަމީލް ވާނީ ދާދިފަހުން އިދިކޮޅުން "ވިސްނާ" ގެ ނަމުގައި ބޭއްވި ޖަލްސާފައިވެސް ވަރަށް ބޮޑަށް ސަރުކާރާއި އެމްޑީޕީއަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އެމްޑީޕީގެ އަދުލުގެ ނިޒާމުން ދުވަނީ ވަހުޝަތުގެ ނުބައި ވަސް ކަމަށާއި، އަދުލު އިންސާފަށް މިއަދު އެޅިފައި އޮތް އެންމެ ބޮޑު ހުރަހަކީ އެމްޑީޕީގެ ބޮޑުންގެ ވަހުޝަތު ކަމަށް އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް