ads
މަސީހު މޫސާ
ރައީސަށް މަރުގެ އިންޒާރު ދިން ކަމަށް ބުނާ މީހާގެ ބަންދަށް 10 ދުވަސް
ރައީސަށް މަރުގެ އިންޒާރުދިނުމުގެ ތުހުމަތުގައި ރޭ ހައްޔަރުކުރި ތ. ތިމަތަފުއްޓަށް އުފަން، މަލަސް، މަސީހް މޫސާގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހައިފި އެވެ.
Advertisement

ރައީސް މަރުގެ އިންޒާރު ދީފައިވަނީ މަސްތުވާތަކެތި އެތެރެކޮށް އަދި ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް ރައީސް މުއިއްޒު އެންގެވި ހަބަރާއި ގުޅިގެންނެވެ.

ފޭސްބުކްގައި ރައީސަށް މަރުގެ އިންޒާރު ދިން މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކޮށްފައިވަނީ މަސީހު މޫސާ ،25، އެވެ. އޭނާގެ ފޯނު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

ރައީސް މުއިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައެއް ތަހުގީގު ކުރަމުންދާއިރު، ރައީސް މިވަގުތު ހުންނެވީ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރުގަ އެވެ.

މީގެ ކުރިން ވެސް ރައީސަށް ސޯޝަލްމީޑިއާގައި މީހަކު މަރުގެ އިންޒާރުދިން މައްސަލައެއް ފެންމަތިވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް