ads
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ގާޒީ އަލީ ރަޝީދު މައްސަލައިން ތަނާޒުލްވާން ޖެހޭ: ރައީސް ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ އަޑު އެހުމުގައި އެ މައްސަލަ ބައްލަވާ ބެންޗުން ގާޒީ އަލީ ރަޝީދު ތަނާޒުލް ވުމަށް ރައީސް ޔާމީން އެދިވަޑައިގެންފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ބެންޗުން ގާޒީ އަލީ ރަޝީދު ތަނާޒުލް ވުމަށް ރައީސް ޔާމީން އެދިވަޑައިގެންފި އެވެ.

ޝަރީއަތުގެ މިއަދުގެ މަޖިލީހުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ ގާޒީ އާއި މެދު ހިތްހަމަނުޖެހުތަކެއް އެބަހުރި ކަމަށާއި އެކަމާއި މެދު ވިސްނާވަޑައިގަތުމަށް އެދޭކަމަށް ވިދާޅުވެފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ މި މައްސަލަ ފެށުނު ހިސާބުންވެސް އެމަނިކުފާނަށް އިންސާފު ނުލިބޭ ކަމަށާއި އެމަނިކުފާނު އެންމެ ފުރަތަމަ ހައްޔަރު ކުރީވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ހިލާފަށް ކަމަށެވެ.

އެގޮތުން އެއްވެސް ކަމެއް ސާބިތުނުވެ އެކަށީގެން ދަލީލެއް ނެތި މިއޮތް ހުރިހާ ދުވަހު މިދަނީ އެމަނިކުފާނު އާމްދަނީ ހޯދުމަށް ކޮށްފައި ހުރި މަސައްކަތުން ލިބިފައިހުރި ހުރިހާ ފައިސާއެއް ބޭންކްގައި ހުއްޓާ ފުރީޒްކޮށްގެން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެއްފަހަރަށް ވުރެ ގިނަ ފަހަރު މި ފައިސާ ވެސް ކްރިމިނަލް ކޯޓުން ފްރީޒް ކޮށްފައިވޭ،" ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.

ރައީސް ޔާމީންގެ ވަކީލުން ވެސް ވަނީ ގާޒީ އަލީ ރަޝީދު، މީޑިއާއަށް ސީދާ މައުލޫމާތު ދެއްވުމަކީ ފަނޑިޔާރުންގެ ގާނޫނާއި ހިލާފުކަމެއް ކަމުގައި ފާހަގަކުރައްވާ އެ ގާޒީ އާއި މެދު ދައުވާ ލިބޭ ފަރާތަށް އިތުބާރު ނުކުރެވޭ ކަމަށް ވިދާޅުވެފަ އެވެ.

އެހެންކަމުން މި މައްސަލަ ބައްލަވާ ބެންޗުން ގާޒީ އަލީ ރަޝީދު ތަނާޒުލް ވުމާއި މެދު ގޮތެއް ނިންމެވުމަށްވެސް ވަނީ އެދިވަޑައިގެންނެވި އެވެ. ނަމަވެސް ގާޒީ އަލީ ރަޝީދު ވަނީ މިމައްސަލައިގައި ކުރިއަށް ދިއުމަށް މިއަދު ނިންމަވާފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް