މިއީ އެމީހުންގެ ކައިވެންޏަށް ލިބޭ ފުރަތަމަ ދަރިއަށް ވާއިރު މި ފަހުން އަނީތާ ދަނީ އޭނާގެ ބަނޑުބޮޑު ލޯބި ފޮޓޯތަކެއް މީސްމީޑިއާގައި ހިއްސާކުރަމުންނެވެ.
އެގޮތުން މި ފަހުން އޭނާގެ ބޭބީ ޝަވާގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ އަނިތާ އިއްޔެ ވަނީ ކަޅުކުލައިގެ ބިކިނީއެއްގައި ލޯބި ފޮޓޯއެއް ވެސް ހިއްސާކޮށްފަ އެވެ.
އަނީތާގެ ބޭބީ ބަންޕު
ބޭބީ ބަންޕް އެ ފޮޓޯއިން ރީތިކޮށް ފެންނައިރު އެ ފޮޓޯގެ ކެޕްޝަންގެ ގޮތުގައި އަނިތާ ބުނެފައި ވަނީ "މީހުންނަށް ހީވެފައި އޮންނަނީ ގޯސްކޮށް ކަމަށެވެ. އަސްލު ބަތަލުންނަކީ އަންހެނުންނެެވެ. ވާހަކަ ނިމުނީ،" މިހެންނެވެ.
މި އަހަރު ތެރޭ ބަނޑުބޮޑުވި އަދި މިހާރު ވިހަން ތައްޔާރުވެފައިވާ އަނުޝްކާ ވެސް ވަނީ މީގެ ކުރިން ކަޅު ބިކިނީއެއްގައި ބޭޕީ ބަންޕު އާއްމުންނަށް ދައްކާލާފަ އެވެ.