ads
މާ ބަގީޗާ
އާ އަހަރު މާ ބޮނޑި ދޭއިރު މި ކަމަށް ސަމާލުވޭ!
މަލަކީ އަހަރެމެންގެ ތެރޭގައި ކޮންމެ ހަފްލާއެއްގައި ވެސް ގިނަ ބަޔަކު ހަދިޔާއެއްގެ ގޮތުގައި ދޭ އެއްޗެކެވެ. ލޯބިވެރިންގެ ދެމެދުގައި ވެސް މާމަލުގެ ގުލްދަސްތާ ބަދަލު ކުރެވޭއިރު އެ މާތަކުގެ ފަހަތުގައި ފޮރުވިފައިވާ ފުން މާނައެއްވާކަން އިނގެނީ ކިތަށް މީހުންނަށް ހެއްޔެވެ؟

ކޮންމެ މަލަކީ ތަފާތު މަލަކަށް ވާއިރު، އެކި މާތައް ބޭނުން ކުރަނީ އަދި އޭގެން ދޭހަވަނީ ވެސް ހަމަ އެކި މާނަތަކެވެ. 

އެގޮތުން އެންމެ ފުރަތަމަ ބަލާލާނީ މޯނިން ގުލޯރީގެ ރީތި ނޫކުލައިގެ ފިޔަތަކުގެ ތެރޭގައި ފޮރުވިގެންވާ މާނައަށެވެ. އެ ގޮތުން މޯނިން ގުލޯރީއަކީ ރާއްޖޭގައި ވެސް ގޯތިތެރޭގައި ހައްދާ ބާވަތުގެ މަލެކެވެ. މި މަލަށް އޭގެ ނަން ދެވިފައިވަނީ އެންމެ ފުރިހަމަ ކޮށޭ ބުނުމުން ދޮގަކަށް ނުވާނެ އެވެ. ހެނދުނުގެ ރަން ދޯދިތަކާއެކު މި މާތައް އޭގެ އެންމެ ފުރިހަމަޔަށް ފޮޅިގެނ ދެއެވެ. މި މަލަކީ ރީތި އަދި ބަލާލުމުން ހިތަށް ހިތްހަމަޖެހުން ގެނެސްދޭ މަލެކެވެ. ނަމަވެސް މި މާގަހަކީ ވަރަށް އަވަހަށް މުޅި ތަނުގައި ފެތުރޭ ބާވަތެކެވެ. އެހެންކަމުން ނުބަލާ އުޅެފިނަަމަ މި ވެޔޮ މުޅި ބަގީޗާގައި ފެތުރި ވޭނަކަށް ވެދާނެއެވެ.

your imageމޯނިން ގުލޯރީ

ރާއްޖޭގައި އާންމުކޮށް ހައްދާ ބާވަތެއް ކަމަށްވާ ޒިންނިޔާ އަކީވެސް އާއްމުންގެ މެދުގައި ވަރަށް މަގުބޫލު މަލެކެވެ. މި މާ އެކި ކުލަކުލައިގައި ހުންނަ އިރު މި މަލުން ބުނެދޭ މާނަޔަކީ ދުރުގައިވާ ރަހުމަތްތެރިން މަތިން ނހަދާން ނައްތާމުލާށެވެ. އެހެން ކަމުން މި މަލަކީ ވަރަށް ޖަޒުބާތީ މަލެއް ކަމުގައި ވެސް ގިނަ ބަޔަކު ދެކެ އެވެ. މި މަލަކީ ހަމަގައިމުވެސް ދުރުގައިވާ ހަރުމަތްތެރިންނަށް ހަދިޔާއެއް ގޮތުގައި ދޭން ރަނގަޅު އެއް މަލެވެ.

your imageޒިންނިޔާ

ރަތް ޓިއުލިޕްއަކީ ވެސް ގިނަ ބައެއްގެ ތެރޭގައި ވަރަށް މަގުބޫލު މަލެކެވެ. ޓިއުލިޕްގެ އެކި ކުލަަތައް ހުންނައިރު ރަތް ކުލައިގެ ޓުއިލިޕްއިން ދޭހަވާ މާނައަކީ ލޯތްބަށް އިންތިޒާރު ކުރުމާއި އެ ލޯތްބަށް ކޮންމެ ގުރުބާނީއެއް ވެސް ދޭން ތައްޔާރަށް ހުރިކަމެވެ. އެހެން ކަމުން މި މަލަކީ ހަމަ ގައިމުވެސް ލޯބިވާ ފަރާތަކަށް ދޭން ވަރަށް ރަނގަޅު މަލެކެވެ.

your imageރަތް ޓިއުލިޕް

ސަންފުލާވާއަކީ ހަމަގައިމުވެސް ގިނަ ބަޔެއް ދަންނަ ވަރަށް ގިނައިން ހަދިޔާ ކުރާ މަލެކެވެ. ނަމަވެސް މި މަލުން ދޭހަވާ މާނަ އިނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ސަންފުލާވާޔަކީ ތާރީހުގެ ތެރެއަށް ފީނާ ބަލާލީމަވެސް ވަރަށް މަޝްހޫރު މަލެއްކަން އަޅުގަނޑުމެންނަށް ފެނިގެން ދެއެވެ. އެގޮތުން ސްފެއިންގެ ދަތުރު ވެރިން ފުރަތަމަ އެމެރިކާޔަށް އައި އިރު ސަންފުލާވާ ފެނުމުން އެމީހުން ހީކުރީ އެ މަލަކީ ރަނުން ހަދާފައިވާ މަލެއް ކަމަށެވެ. މި ސަބަބާ ހުރެ ސަންފުލާވާއަށް ވަނީ "ފޭކު" މުއްސަނދި ކަމުގެ ލަގަބު ލިބިފައެވެ.

your imageސަންފުލާވާ

ސައިމަލަކީ އެކި އެކި ބޭނުންތަކުގައި މީހުން ބޭނުން ކުރާ ވައްތަރުގެ މަލެކެވެ. އެގޮތުން ސައި އަދި މީރު ފޮނި ކެއުންތަކުގައި ބޭނުން ކުރުމުގެ އިތުރުން ސައިމަލަކީ ބޭސްފަރުވާގެ ކަންކަމުގަވެސް ބޭނުން ކުރާ އެއްޗެެކެވެ. މީގެ އިތުރުން ސައިމާ ހާއްސަވާ އެއް ސަބަބަކީ އެ މަލަކީ ހަވާއީގެ ގައުމީ މަލަށް ވުމުންނެވެ. އެހެން ކަމުން މި މަލުން ދޭހަވާ މާނައަކީ ނާޒުކު ރީތިކަމެވެ. މިއީ ހަމަ ގައިމުވެސް ރީތި ކުއްޖަކަށް ދޭން ރަނގަޅު މަލެކެވެ. 

your imageސައިމާ

އެހެންކަމުން މި ފެށޭ އާ އަހަރުގައި އެކި ފަރާތްތަކަށް މާ ގުލްދަސްތާ ދޭއިރުގައި އެ މާމަލުގެ ފަހަތުގައި ފޮރުވިފައިވާ މާނައަށް ބަލާލުން ވަރަށް މުހިންމެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް