ads
ފިނޭންސް މިނިސްޓްރީ---
އިންކަމް ސަޕޯޓްގެ ގޮތުގައި 200 މިލިއަން ރުފިޔާ ދޫކޮށްފި
އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ސަރުކާރުން މިހާތަނަށް 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 16،469 ފަރާތަކަށް 207.7 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ކޮށްފައިވާ އެކި ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ވަނީ އެ އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި މަހަކު 5،000 ރުފިޔާ ދިނުމަށް ނިންމައިފަ އެވެ.

އިންކަމް ސަޕޯޓް އެލަވަންސް އަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އިކޮނޮމިކް މިނިސްޓްރީން ހިންގާ ޖޮބް ސެންޓަރުގެ ވެބްސައިޓް މެދުވެރިކޮށް ހުށަހެޅޭނެއެވެ. އަދި ޖޮބް ސެންޓަރުގެ ވެބްސައިޓުގައި އެ ފަރާތްތަކުގެ މައުލޫމާތުތައް ހިއްސާކުރަމުން ދެއެވެ.

އިންކަމް ސަޕޯޓް އެލަވަންސް އަށް ހުށަހެޅެނީ ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށާއި، ނޯޕޭ ލީވްގައި ހުރި ފަރާތްތަކަށާއި، މުސާރަ އިން އުނިކުރެވިފައިވާ ފަރާތްތަކުގެ އިތުރުން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން ވެސް އާމްދަނީ އަށް ނޭދެވޭ އަސަރު ކޮށްފައިވާ ފަރާތްތަކަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް