ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ފުލުހުން ހޯދި ބައިލައްކަ ރުފިޔާ-- ފޮޓޯ: ޕޮލިސް
ވަގަށް ނަގާފައިވާ ބައިލައްކަ ރުފިޔާ ހޯދައިފި
ލ. އިސްދޫ ގެއަކުން ވަގަށް ނެގި ބައިލައްކައެއްހާ ފައިސާ ހޯދައި، އެކަމުގައި ތުހުމަތު ކުރެވޭ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
Advertisement

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ 26 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. އެމީހާ ހައްޔަރުކޮށްފައި ވަނީ ލ. އިސްދޫ ގެއަކުން 54000 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ޑިސެންބަރު މަހުގެ 27 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ލ. އިސްދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޑިސެންބަރު މަހުގެ 28 ވަނަ ދުވަހުގެ ވަގުތެއްގަ އެވެ.

ވަގަށް ނަގާފައިވާ ފައިސާތައް ފެނިފައިވަނީ މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު އެ ގެއިން ކަމަށް ފުލުހުން ބުނެ އެވެ. އަދި މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ލ. ކަލައިދޫ ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައި ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އިސްދޫ ޕޮލިސް ސްޓޭޝަނުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް