ads
މީރާ--
އެއްގަމު އުޅަނދުގެ އަހަރީ ފީ ސްޓިކާ އަމިއްލައަށް ޕްރިންޓްކުރެވޭގޮތް ހަދައިފި
އެއްގަމު އުޅަނދުގެ އަހަރީ ފީ ދެއްކުމުން ދޫކުރާ ސްޓިކާއަށް އަންނަ އަހަރުން ފެށިގެން ބަދަލުގެނަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ނިންމައިފި އެވެ.

މީރާއިން ބުނީ އެއްގަމު އުޅަނދުގެ އަހަރީ ފީ ދެއްކުމުން ދޫކުރާ ސްޓިކާއަށް ބަދަލުގެނެސް، އާ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން އެއްގަމު އުޅަނދުގެ އަހަރީ ފީ އޮންލައިންކޮށް ދައްކާ ފަރާތްތަކަށް، އެ ފަރާތުން އަމިއްލައަށް ޕްރިންޓްކުރެވޭ ފަދަ ސްޓިކާއެއް އީމޭލް މެދުވެރިކޮށް ލިބޭގޮތަށް ހަމަޖައްސާފައިވާ ކަަމަށެވެ. 

އަދި އެއްގަމު އުޅަނދުގެ އަހަރީ ފީ އެ އޮތޯރިޓީގެ ކައުންޓަރުތަކަށް ދައްކާ ފަރާތްތަކަށް ވެސް އެ ތާރީހުން ފެށިގެން ޕްރިންޓް ކުރުމަށްފަހު ދޫކުރަން ހަމަޖެހިފައިވަނީ އެ ސްޓިކާކަމަށް މިރާއިން ބުނެއެވެ.

އެހެންނަމަވެސް، މިއަހަރުގެ 31 ޑިސެންބަރުގެ ނިޔަލަށް އެއްގަމު އުޅަނދުގެ އަހަރީ ފީ ދައްކާފައިވާ ފަރާތްތަކުން، އެ ފަރާތުން އެދިއްޖެ ހާލަތެއްގައި މިހާރު ބޭނުންކުރަމުންދާ ސްޓިކާ ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ދޫކުރަމުން ގެންދާނެ ކަމަށް ވެސް މީރާއިން މައުލޫމާތު ދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް