ads
ބްރޯޑްކާސްޓިން ކޮމިޝަން-
ދެ މިލިއަނުން ރާއްޖެޓީވީ ކުރި ޖޫރިމަނާ ބާތިލްކޮށްފި
2018 ވަނަ އަހަރު ބްރޮޑްކޮމް އިން ރާއްޖެ ޓީވީ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވަނީ ބޭއިންސާފުން ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (ބްރޯޑްކޮމް) އިން ނިންމައިފިއެވެ.

ރާއްޖެޓީވީގެ މެނޭޖިން ޑިރެކްޓަރު އަދި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބްރޮޑްކޮމްގެ މި ނިންމުމަކީ މި މައްސަލަ ރިވިއު ކުރުމަށް ފަހު ނިންމެވި ނިންމެވުމެއް ކަމަށެވެ. 

ސަލީމް ވިދާޅުވީ މި ޖޫރިމަނާއަކީ ބޭއިންސާފުން ކުރި ޖޫރިމަނާއެއް ކަމަށް ނިންމާ، ޖޫރިމަނާ ބާތިލް ކުރިނަމަވެސް ރާއްޖެ ޓީވީން މި ފައިސާ ބޭނުން ނުކުރާނެ ކަމަށެވެ. އަދި ރާއްޖެ ޓީވީން މި ފައިސާ ދޭނީ އެހީއަށް ބޭނުންވާ ކުޑަކުދިންގެ ހިޔާއަށް ކަމަށް ސަލީމް ވިދާޅުވިއެވެ.

ރާއްޖެ ޓީވީއަށް މުހިއްމުވީ ފައިސާ ނޫން ކަމަށާއި، ނަމަވެސް އިންސާފު ކަމަށް ސަލީމްގެ މި ޓުވީޓުގައި ފާހަގަ ކުރެއްވިއެވެ.

2018 ވަނަ އަހަރުގެ އޮގަސްޓްމަހު ބްރޮޑްކޮމްއިން ރާއްޖެ ޓީވީ ޖޫރިމަނާ ކޮށްފައިވަނީ، 16 މާޗް 2018 ވަނަ ދުވަހުގެރޭ ބްރޯޑްކާސްޓް ކުރި މުޒާހަރާގެ ލައިވް ކަވަރޭޖް ޕްރޮގްރާމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަބުރުގެއްލޭފަދަ ކޮންޓެންޓެއް ބްރޯޑްކާސްޓު ކުރި ކަމަށް ބުނެއެވެ. މި ޖޫރިމަނާ އަކީ ރައީސް ޔާމީންގެ ސަރުކާރުގައި މަޖިލީހުން ފާސްކުރި އަބުރުގެ ގާނޫނުގެ ދަށުން ކުރެވުނު ޖޫރިމަނާއެކެވެ. އެގޮތުން މި ގާނޫނުގެ ދަށުން، ހަތަރު ފަހަރެއްގެ މަތިން 3.7 މިލިއަން ރުފިޔާއިން ރާއްޖެ ޓީވީ ޖޫރިމަނާ ކޮށްފައިވެއެވެ.

އޭގެ ތެރެއިންވެސް ރާއްޖެޓީވީ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުން ވެގެން ދިޔައީ، އެއްފަހަރާ އެންމެ ބޮޑުއަދަދަކުން ކުރި ޖޫރިމަނާއަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް