މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ނުވަވަނަ ދުވަހު މާވަށުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ފަށާފައިވާ އިރު، އެ މަޝްރޫއުގެ ހުރިހާ މަސައްކަތެއް ނިންމާލާފައިވަނީ މި މަހުގެ 29 ވަނަ ދުވަހުގަ އެވެ.
އެ މަޝްރޫއުގެ ދަށުން 26،885 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 568 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 40 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 55 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުން ފަދަ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވެ އެވެ.
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާ އެ މަޝްރޫއު ހަވާލުކޮށްފައިވަނީ 27.3 މިލިއަން ރުފިޔާ އަށެވެ.