ވެމްކޯގެ ވެހިކަލެއް ހުއްޓުވައި އޭގައި އިން މީހަކަށް އަނިޔާ ކުރި މައްސަލައާއި ގުޅިގެން، ހައްޔަރުކޮށްފައިވަނީ ލ. ގަން، ތުނޑި، ހަނދުވަރީހިޔާ އަހްމަދު ޝައްމޫންއެވެ.
އަހްމަދު ޝައްމޫން ހައްޔަރުކުރީ މިދިޔަ ހަފްތާގައެވެ. އޭނާގެ ބަންދަށް ފަސް ދުވަސް ކޯޓުން ކުރިން ޖެހުމަށް ފަހު، އެ މުއްދަތު ހަމަވުމުން ކޯޓުން އޭނާ ދޫކޮށްލީއެވެ.
ފުލުހުން އޭނާގެ މައްޗަށް ތުހުމަތު ކުރަނީ މާރާމާރީގެ ތުހުމަތެވެ. އޭނާ ދޫކޮށްލާފައިވަނީ ޝަރުތުތަކާ ހިލާފުވެއްޖެނަމަ އަލުން ހައްޔަރު ކުރެވޭނެކަން އެންގުމަށް ފަހުއެވެ.
ރެކޯޑްތަކުން ދައްކާ ގޮތުގައި އަހްމަދު ޝައްމޫންއަކީ، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ ކުރިން އުފުލާފައިވާ މީހެކެވެ.