ads
ޑރ. ޝަހީމް އަލީ ސައީދު--
އިސްލާމްދީނުގައި ޓެކްސް ނެގުމަކީ ހުއްދަ ކަމެއް: ޝަހީމް
ރައްޔިތުންގެ ބޭނުންތައް ފުއްދުމަށާއި ދައުލަތް ހިންގުމަށް ޓެކްސް ނެގުމަކީ ހުއްދަ ކަމެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޓެކްސްގެ ނިޒާމަކީ އިސްލާމީ ތާރީހުގައި، ކުރިއްސުރެ ތައާރްފުވެފައިވާ މާލީ ނިޒާމެއް ކަމަށެވެ. 

ޓެކްސް ނަގާނަމަ ދައުލަތުގެ ވާޖިބަކަށް ވާންވާނީ ގައުމާއި ރައްޔިތުންގެ މަންފާ ހުރި މަގުން އަދުލުވެރި ގޮތެއްގައި ޓެކްސްގެ ބޭނުން ކުރުމަށް ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމްގެ މި ޓުވީޓަކީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިލްޔާސް ޖަމާލް ޓެކްސް ނެގުމަކީ ހަރާމްކަމެއް ކަމަށް ވިދާޅުވުމުން، އެކަމަށް ރައްދު ދެއްވުުމުގެ ގޮތުން ކޮށްފައިވާ ޓުވީޓެކެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއެއްގައި އިލްޔާސް ވިދާޅުވީ، ޓެކްސް އަކީ ހަރާމް އެއްޗެއް ކަމަށެވެ. އަދި މީހެއްގެ ރުހުމުގައިވެސް ނުރުހުމުގައިވެސް އެމީހާގެ ހަލާލު މުދަލުން އެއްވެސް އެއްޗެއް ނުނެގޭނެ ކަމަށް އިލްޔާސް މި ވީޑިއޯގައި ވިދާޅުވެފައިވެއެވެ.

މި ވީޑިއޯ ކޮޅާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އިލްޔާސްއަށް ވަނީ އަމާޒުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް