ads
ޖޯންގް ޝަންޝަން--
އިންޑިއާ ވައްޓާލުމަށް ފަހު އޭޝިއާގެ އެންމެ މުއްސަނދި މީހަކަށް ޗައިނާގެ އާ ބިލިއަނަރެއް!
އޭޝިއާގެ އެންމެ މުއްސަނދި މީހާގެ ލަގަބު އިންޑިއާ ވައްޓާލުމަށް ފަހު ޗައިނާ މީހަކަށް ލިބިއްޖެ އެވެ.

އެ ލަގަބު ހޯދާފައި ވަނީ ވެކްސިނާއި ފެން އުފައްދާ ކުންފުންޏެއްގެ ވެރިޔާ ޖޯންގް ޝަންޝަން އެވެ. މި އަހަރު އެކަނިވެސް އޭނާ ހަތް ބިލިއަން ޑޮލަރު ހޯދާފައި ވެއެވެ. 

ކުރިން އެއްވަނަ މަގާމުގައި ހުރި އިންޑިއާގެ މުކޭޝް އަމްބާނީ ދެވަނައަށް ވެއްޓިފައި ވާއިރު، ޗައިނާގެ މަޝްހޫރު ބިލިއަނަރު ޖެކް މާ މިހާރު އޮތީ ތިންވަނައިގަ އެވެ.

your imageމުކޭޝް އަމްބާނީ އަދި ޖެކް މާ--

ޖޯންގް ޝަންޝަންގެ ޖުމްލަ މުއްސަނދިކަން 77.8 ބިލިއަން ޑޮލަރަށް އަރާއިރު، އޭނާއަކީ މިހާރު ދުނިޔޭގެ 11 ވަނައަށް އެންމެ މުއްސަނދި މީހާ ކަމަށް ބްލޫމްބާގް ބިލިނިއަރުންގެ އިންޑެކްސްގައި ވެއެވެ. 

"ލޯން ވުލްފް" ގެ ނަމުން މަޝްހޫރުވެފައިވާ ޖޯންގް ޝަންޝަން ވަނީ ނޫސްވެރިކަމާއި މަޝްރޫމް އުފެއްދުމާއި ސިއްހީ ދާއިރާގައި މީގެ ކުރިން މަސައްކަތްކޮށްފަ އެވެ.

އޭނާގެ ފެން އުފައްދާ ކުންފުނި ނޮންގްފޫ ސްޕްރިންގްގެ ހިއްސާތައް 155 އިންސައްތަ މި އަހަރު ކުރިއަށް ޖެހުނުއިރު ވެކްސިން ކުންފުނި ބެއިޖިން ވަންޓައި ބަޔޮލޮޖިކަލްގެ ހިއްސާ ވަނީ 2000 އިންސައްތަ ކުރިއަށް ޖެހިފަ އެވެ. އެ ކުންފުނި ދަނީ ކޮވިޑް-19 ވެކްސިން އުފެއްދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ބްލޫމްބާގުން ރިޕޯޓު ކުރާ ގޮތުގައި ޖޯންގް ޝަންޝަން ވެފައި މި ވަނީ ދުނިޔޭގެ ތާރީހުގައި މިހާ އަވަސް ސްޕީޑެއްގައި މުއްސަނދިކަން ހޯދި މީހުންގެ ތެރޭގައި ވެސް ހިމެނިފަ އެވެ.

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް